އެންމެ ފުރަތަމަ އިންޑިއާއިން ފެނިފައިވާ ބީ1.617.2 ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް ފުރަތަމަ ފަހަރަށް ސްރީލަންކާގެ ކޮލަމްބޯއިން ފެނިއްޖެއެވެ.

ސްރީ ޖަޔެވާޑެނެޕޫރާ ޔުނިވާސިޓީގެ ޑައިރެކްޓަރ އޮފް ޑިޕާޓްމެންޓް އޮފް އިމިއުނޮލޮޖީއިން ބުނީ އިންޑިއާ ވޭރިއެންޓް ކޮލަމްބޯއިން ދެނެގަނެވިފައިވަނީ ތަރުތީބެއް ނެތި ނެގި ސުންކަކުން ކަމަށެވެ. އޭގެ އިތުރުން ބުނީ މިއީ މުޖުތަމައުގެ ތެރެއިން އިންޑިއާ ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

ޑރ ޖީވަންދަރާ ބުނީ އިންޑިއާ ވޭރިއެންޓަކީ އެހެން ކޮވިޑުގެ ވޭރިއެންޓް ތަކަށް ވުރެ 50 އިންސައްތަ އަވަހައް ފެތުރޭ ވޭރިއެންޓެއް ކަމަށެވެ.

މިހާތަނަށް 40 އެތައް ގައުމަކުން އިންޑިއާ ވޭރިއެންޓް ފެނިފައިވާއިރު، މީގެ ކުރިން މި ވޭރިއެންޓް ސްރީލަންކާއިން ވެސް ފެނިފައިވެއެވެ. ސްރީލަންކާއިން އިންޑިއާ ވޭރިއެންޓުގެ އިތުރުން އެންމެ ފުރަތަމަ އިނގިރޭސި ވިލާތުން ދެނެގަނެވިފައިވާ ބީ1.1.7 ވޭރިއެންޓް އެހެން ނަމަކުން ނަމަ އަލްފާ ވޭރިއެންޓް ވެސް ފެނިފައިވެއެވެ. މި ވޭރިއެންޓުގައި ޖަރާސީމު ފެތުރޭ މިންވަރާއި ބަލިވާ މިންވަރު އަވަހެވެ. އަލްފާ ވޭރިއެންޓް ފެނިފައިވަނީ ލަންކާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހެކެވެ.

ލަންކާގައި ކޮވިޑް ވޭދަނަތައް އިތުރުވެފައި ވާތީ އެގައުމުގައި ވެކްސިން ޕްރޮގްރާމްތައް ވަނީ ގިނަކޮށްފައެވެ. މިހާތަނަށް 2.93 މިލިއަން މީހުންނަށް ވެކްސިން ދީފައިވާއިރު، އެގައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދަކީ 2.8 އިންސައްތައެވެ.

އެގައުމުގައި މިހާތަނަށް 231،000 މީހުންނަށް ބަލިޖެހިފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،374 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު