އަވަށްޓެރި އިންޑިއާގެ ޗެންނާއީ ޒުލުން ހަތަރު ސިންގާ ނުރައްކާތެރި ކޮވިޑް-19 ގެ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓަށް ފައްސިވެއްޖެއެވެ.
ޗެންނާއީ ޒުލުން ސިންގާތައް ކޮވިޑަށް ފައްސިވެފައިވާކަން ހާމަވީ 11 ސިންގާއެއްގެ ސުންކު ނެޝެނަލް އިންސްޓިޓިއުޓް އޮފް ހައި ސެކުއިރިޓީ އެނިމަލް ޑިޒީސެސް ބޯޕަލް އަށް ފޮނުވައި ތަހުލީލު ކުރުމުންނެވެ.
މިހާތަނަށް ޗެންނާއީ ޒުލުން ނުވަ ސިންގާއެއް ކޮވިޑަށް ފައްސިވެފައިވާ އިރު މި ހުރިހާ ސިންގާތަކަށް މިހާރު ވަނީ ފަރުވާދޭން ފަށައިފައެވެ. ޗެންނާއީ ޒުލުން ދެ ސިންގާ އެއް މިހާތަނަށް ވަނީ މަރުވެފައެވެ. އެއީ 12 އަހަރުގެ ސިންގާ އަކާއި ނުވަ އަހަރުގެ ސިންގާއެކެވެ.
އިންޑިއާގައި ހަލުވިކަމާ އެކީ ކޮވިޑް ފެތުރެމުންދާ އިރު ޖަނަވާރުންނަށް ވެސް މި ވައިރަހުގެ އަސަރު ވަނީ ކޮށްފައެވެ. އިންޑިއާގެ އެކި ހިސާބުތަކުން ފާއިތުވި ހަފްތާތަކުގައި އެތައް ސިންގާއަކަށް ކޮވިޑް ޖެހިފައި ވެއެވެ. އެގޮތުން ހައިދަރްއާބާދުގެ ޒުލަކުންވެސް އަށް ސިންގާއެއް ފައްސިވިއެވެ.
މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޗެންނާއި ޒޫ ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ސިންގާތައް ދަނީ ކޮވިޑަށް ފައްސިވަމުންކަން ފާހަގަ ކުރެވެ އެވެ. މިފަހުން 19 އަހަރުގެ ސިންގާއެއް ވެސް ކޮވިޑަށް ފައްސިވެ މިހާރު ވަނީ ރަނގަޅު ވެފައެވެ.
ސިންގާތަކަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އެތަކެތި ސަލާމަތް ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ހާއްސަ ޓީމެއް ތައްޔާރުކޮށްފައެވެ.
ތިވާނީ މޮހޮންދީ ވައިފް ނުހުންނަނީމަ ތިސިންގާ ގެންގުޅޭ ވައްތަރު ހުންނަނީ
ކޮވިޑްގެ އަސްލުފެށުން އަ އީވެސް
އިންޑި އާ އިންކަމަށްބެލެވެނީ؟