ކޮންމެ އަންހެނަކަށް ވެސް އެއްފަހަރާ ހަތަރު ފިރިހެނުންނާއި އިނުން ހުއްދަ ކުރާ ގަވާއިދެއް ދެކުނު އެފްރިކާގެ ސަރުކާރުން ހުށައަޅައިފިއެވެ.

މިފަދަ ގަވާއިދެއް ހުށައެޅުމުން، ދެކުނު އެފްރިކާގެ ގިނަ ބަޔަކު މިކަމާ ދެކޮޅު ހަދަމުން ދާއިރު، މިފަދަ ބަދަލަކަށް އެފްރިކާއިން ދުވަހަކު ވެސް ތައްޔާރު ނުވާނޭކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިގޮތުން މިކަމާއި ބެހޭގޮތުން ދެކުނު އެފްރިކާގެ ޕްރޮފެސަރެއް ކަމަށްވާ ކޮލިސް މަޗޮކޯ ވިދާޅުވެފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ލިބުމަށް އެފްރިކާ ބައްރު ތައްޔާރު ނުވާ ކަމަށާއި، ފިރިހެނުންނަށް ކޮންޓްރޯލް ނުކުރެވޭ އަންހެނުންނާއި މެދު ކަންތައް ކުރަންވާ ގޮތްވެސް ގަވާއިދު ފާސްވެއްޖެނަމަ ނޭނގޭނެ ކަމަށެވެ.

ދެކުނު އެފްރިކާގެ ގާނޫނުގައި ބުނާ ގޮތުންނަމަ، އެމީހަކު ބޭނުން ޖިންސެއްގެ މީހަކާ ކައިވެނި ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންދެއެވެ. އަދި ކޮންމެ ފިރިހެނަކަށް ހަތަރު އަނބިން ގެންގުޅުމުގެ މިނިވަންކަންވެސް ލިބިދީފައި ވެއެވެ.

އެގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ މުސާ މެލެކޫ ބުނެފައިވަނީ އެ ގަވާއިދު ފާސްވެއްޖެނަމަ، އެފްރިކާގެ ސަގާފަތް ގެއްލިގެން ދާނެ ކަމަށާއި އެމީހުންގެ ދަރިންގެ ބައްފައަކީ ކާކު ކަން ވެސް ގިނަ ފަހަރު ނޭނގޭ ހާލަތަށް ހިނގައިދާނެ ކަމަށެވެ.

"އަންހެނުންނަށް ފިރިހެނުންގެ މަގާމެއް ނުދެވޭނެ." އޭނާ ބުންޏެވެ.

ގާނޫނަކުން ހުއްދަ ނުކުރިނަމަވެސް، އަންހެނުން އެކަކަށް ވުރެ ގިނަ ފިރިހެނުންނާ އިނދެގެން އުޅުމަކީ މަދުންނަމަވެސް ދެކުނު އެފްރިކާގައި ފެންނަކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހަތަރު އުދަރެސް ފެނުޖެހިއްޖެ މަވާ ސަލާމް ....

    39
    2
  2. އޭ

    މިކަމަށް ތާއިދު ކުރަނީކީނޫން އެކަމަކު މިޒަމަނުގައި ޑީއެންއޭއިން ބައްޕަ ދެނެގަނެވޭނެ ނޫންތޯ.

    14
    40
    • އިރާއި ހަނދު

      ޑީއެންއޭ އަކަށް ނޫން އަދި މިކަހަލަ ކަންކަމުގައި ޓެކްނޮލޮޖީ އަކަށްވެސް ނޫން ބަލަންވީ. ޑީއެންއޭ އުފެއްދެވި އަދި އިންސާނާ އަށް ސިކުނޑި އާއި ވިސްނުން ދެއްވި ފަރާތް މާތް ﷲ ގެ މަތިވެރި ޙުކުމްފުޅުގައި އޮތް ގޮތެއް ނޫންތޯ ބަލަންވީ!

      67
      4
  3. ހައިރާން

    މާތްރަސްކަލާނގެއާ ވަކީލު. އިންޑިއާއިން ޒިނޭކުރުމާއި އެއްޖިންސުން ކައިވެނި ކުރުން ގާނޫނީގޮތުން ހުއްދަ. އެފްރިކާއިން 4 ފިރިން ހުއްދަކުރަނީ. ދުނިޔޭގެ ނިމުން ގާތްވެއްޖެ ކަމުގެ އަލާމާތްތައް

  4. ކަރުކުރުކަޅުކިރުޅިކުކުޅު

    އިންސާނުންގެ މޮޅު ބުއްދިން މޮޅު ކަމެއް ކުރާނަމޭ ހިތާ ކުރާ ބައެއް ކަންކަމުން ނުކުންނަނީ ހިތި ނަތީޖާއެއް..(ޙާއްސަކޮށް ތިމާ ހެއްދެވި ފަރާތް ކަނޑައަޅުއްވާ ދެއްވާފަވާ އުސޫލުތަކާއި ހަމަތަށް މުގުރާފަ ކުރާ ކަންކަން ފާހަނގަ ކޮށްލެވޭ.)

  5. ޕޮފް

    މީހަކުފެނިގެން ހުރީއްޔާ ހުރިކަމެއް ކޮއްނިއްމަނީ ޑީއެންއޭ ހަދާފަތަ
    އިސްލާމް ދީން ދޫކޮށް ވަލުޖަނަވާރުން އުލޭގޮތް ރަގަޅުވީމާ ދެންވާނީގިޔާމަތް