ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އަށް ނިސްބަތްވާ ގައުމުތަކަށް ދަތުރު ކުރުމުގައި ދޭނެ ލުއިތައް އިއުލާން ކުރިއިރު، ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކުރި ނަމަވެސް އީޔޫގެ ގައުމުތަކަށް ދަތުރު ކުރުމުގައި ލުޔެއް ނުދޭން ނިންމައިފިއެވެ.
ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިނެކެވެ. ނަމަވެސް މި ވެކްސިން ބަންދުކުރަނީ އިންޑިއާގައި ކަމަށް ވާތީ ވެކްސިނަށް އިންޑިއާގެ ސިރަމް ކުންފުނިން ދިން ބްރޭންޑް ނަމަކީ ކޮވިޝީލްޑެވެ.
އީޔޫ އިން ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރުމަށް "ގްރީން ޕާސް" އެއް ދޭން ނިންމާފައެވެ. ޖުލައި 01 ވަނަ ދުވަހުން ފެށިގެން ހަތަރު ވައްތަރެއްގެ ވެކްސިނެއްގެ ތެރެއިން ވެކްސިނެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރެވޭނެއެވެ.
އީޔޫގެ ގައުމުތަކަށް ދަތުރު ކުރެވޭނީ ފައިޒާ، މޮޑާނާ، އެސްޓްރާޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.
އީޔޫ އިން ބުނީ ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އީޔޫއަށް ދަތުރު ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި ވަނީ ކޮންމެ ވެކްސިނަކީ ވެސް ބައިލޮޖިކަލީ ތަފާތުތަކެއް ހުންނާނެ ވެކްސިނެއް ކަމަށްވާތީ އާއި ކޮވިޝީލްޑް ވެކްސިނާއި ގުޅޭ ގޮތުން އެކަށީގެންވާ މައުލޫމާތު މިހާތަނަށް ދިރާސާ ކުރެވިފައި ނެތުމުންނެވެ.
ކޮވިޝީލްޑް ވެކްސިން އުފައްދާ ކާރުހާނާތަކަކީ ވެސް އީޔޫގެ މިންގަނޑުތަކަށް ފެތޭ ތަންތަން ކަން ކަށަވަރު ކުރެވިފައި ނުވުމަކީ ވެސް އީޔޫގެ ލިސްޓްގައި ކޮވިޝީލްޑް ވެކްސިން ނުހިމެނުނު ސަބަބެކެވެ.
ސިރަމް އިންސްޓިއުޓްގެ ސީއީއޯ ވަނީ ކޮވިޝީލްޑް ވެކްސިން އީޔޫގެ ލިސްޓްގައި ހިމެނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގެ ދެލައްކައެއްހާ މީހުންނަށް ދީފައި ވެއެވެ. ނަމަވެސް އޭގެތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުން ތިބީ ވެކްސިންގެ ދެވަނަ ޑޯޒް ނުލިބިގެން ވެކްސިން ނުޖަހައެވެ.
ކިޔަންވީ އެއްޗެހި ގިނަ ކަމުން މިހިރީ ހަނު
ކަލެޔަށް މާ އެނގެނީ...މިއީ ބިޒްނަސް ޑިސިސަން އެއް..މީކީ ވެކްސިނުގެ މައްސަލައަކުން ވީ ކަމެއް ނޫން...މަހަށް ދޭ ކަލޭ
އެއީ އޭނާގެ
ޙިޔާލު
ތިހާ
ޙަޑި
ޥާކަށް
ނުޖެހޭދޯ
މަހަށް ދިއުން އެއީ ދެރަކަމެއްތޯ މޭ ފުއްޕާފަ ތި ކިޔަނީ ފިލާ އޮވެ.ރަނޑާލި ނުވެ ހިމޭނުން ހުރެބަލަ ވިކިޕީޑިއާނުވެ. މީނަޔަށް ކިޔާށޯ ރޯނު އެދުރު.
ދެވަނަ ޑޯޒް ނުލިބޭނެ، ހަހާ، ކޮންމެވެސް އެހެން ވެކްސިނެއް ޖަހާލާ
ކުރިންވެސް ކިޔައިފިން. އެސްޓްރާޒެނެކާއާ ކޮވިޝީލްޑް އެއްވަރެއްނުވާނެއޭ. އެކަމު މިގައުމުގެ ސިއްހީ މީހުން ހީވީ އެ ޖަހުވަންވެގެން އެހެންފަދަ ކަމެއްހެން. މިހާރު ސާފުވެފަ އޮންނާނީ. އިންޑިއާގަ ހެދީމަ ފެންވަރު ތަފާތުވާތީ ވަކި ނަމެއް އެ ކިއީ. ފެންވަރު ތަފާތުކަން އެނގޭނެ 2 ޑޯޒްޖަހައިގެން ތިއްބާ ބަލި ޖެހޭތީވެސް.
ގުޑްލިޔުން