ތިންވަނަ ބޮޑުހަނގުރާމައެއް މިހާރު ނުފެށި އޮތް ސަބަބު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހާމަކޮށްފިއެވެ.

ތިން ވަނަ ބޮޑުހަނގުރާމައެއް ފެށުމާއި ގުޅޭ ގޮތުން ޕޫޓިން ވާހަކަދައްކާފައި ވަނީ އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރެއް ރަޝިއާ އިން ކޮންޓްރޯލް ކުރާ ޔޫކްރޭންގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ރަޝިއާ އިން އިންޒާރު ދިން މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ.

މޮސްކޯގައި ވާހަކަދައްކަމުން ޕޫޓިން ބުނީ ރަޝިއާ އިން އިނގިރޭސިވިލާތުގެ މަނަވަރަށް ހަމަލާދީ މަނަވަރު ކަނޑުފައްތާލިޔަސް ތިންވަނަ ބޮޑުހަނގުރާމަ ނުފެށޭނެ ކަމަށެވެ. "ރަޝިއާ އިން އިނގިރޭސިވިލާތުގެ މަނަވަރަށް ހަމަލާދީ ފައްތާލިޔަސް ތިންވަނަ ބޮޑުހަނގުރާމައެއް ނުފެށޭނެ. ސަބަބަކީ ރަޝިއާ އާއި ހަނގުރާމަ ކޮށްގެން މޮޅުނުވެވޭނެ ކަން އެމެރިކާ އާއި އިނގިރޭސިވިލާތައް އެނގޭތީ. އެހެންވެ އެދެގައުމުން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމައެއް ނުފަށާނެ." ޕޫޓިން ބުންޏެވެ.

އިނގިރޭސިވިލާތުގެ މަނަވަރު ކްރިމިއާގެ ކަނޑުގެ ސަރަހައްދަށް ވަންކަމަށް ރަޝިއާ އިން ބުނި ނަމަވެސް އިނގިރޭސިވިލާތުން އެކަން ދޮގު ކުރެއެވެ.

ރަޝިއާ އާއި އެމެރިކާގެ ގުޅުން އަބަދުވެސް ގޯހެވެ. ސޯވިއެޓް ޔޫނިއަން އުވިގެން ދިޔަ ފަހުން އަބަދުވެސް ރަޝިއާ އާއި އެމެިރކާ އާއިދެމެދު "ފިނި ހަނގުރާމައެއް" ހިނގަމުން ދެއެވެ. އިނގިރޭސިވިލާތަކީ އަބަދުވެސް އެމެރިކާގެ ބައިވެރިއެކެވެ. އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި ވެސް އެމެރިކާ ސިފައިންނަށް އެންމެ ބޮޑަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައީ ރަޝިއާ އިންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވެސް މިހާރު ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ސަބަބަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްގައުމު އަނެއް ގައުމާއިއެކު ގާއިމުކޮށްފައި އޮތް ވިޔަފާރީގެ އެއްބަސްވުންތަކާއި ކޮންމެ ގައުމެއްގައި ވެސް ހުން އަނެއް ގައުމުގެ ވިޔަފާރި މަސްލަހަތުތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފައުޝީން

    އިންޓަކޮންޓިނެންޓަލް ނިއުކުލިޔާ މިސައިލް ތިބޭ ގައުމުތަކައް އެއްބަޔަކު އަނެއްބަޔަކާއި ސީދާ ހަނގުރާމައަކައް ނުދާނެ. އެއީ އެއްބަޔަކު އަނެއްބަޔަކު ހަލާކުކޮއް ނެތިކޮއްލުމުގެ ކެޕަބިލިޓީ އެމީހުން އަތުގަ ހުރީމަ. އެކަމަކު އެމީހުން ހަނގުރާމަ ކުރާނީ ނުސީދާކޮއް އެހެން ނިއުކުލިޔާ އިންޓަކޮންޓިނެންޓަލް މިސޭލު ނެތް ގައުމުތައް ހަނގުރާމަކުރާއިރު އެފަދަ ހަނގުރާމަތަކުގެ ދެފަޅީގެ ފަހަތުގައި ތިބެގެން. މުސްލިމު ގައުމަކައް އިންޓަކޮންޓިނެންޓަލް ނިއުކުލިޔާ މިސޭލް އުފެއްދޭއިރައް އެގައުމައް ހަމަލަދޭކައް ނުކެރޭނެ އެނެރިކާއަކައްވެސް އަދި އެނޫން ގައުމަކައްވެސް. މިއީ ނިއުކުލިޔާ ބާރު އެންމެންގެ އަތުގަ ހުރެނާ ނުދޭން އެމީހުން އެހާ މަސައްކަތް ކުރާ ސަބަބަކީ. އެކަމަކު އެއީ ދުނިޔޭގެ ހުރިހާ ބައްރަކައް ހަމަލާދެވޭނެ އިންޓަކޮންޓިނެންޓަލް ރޮކެޓު އުފެއްދިގެން ލިބޭ ނިއުކުލިޔާ ކެޕެބިލިޓީ.. ހަމަ އެކަނި އެންރިޗްކުރެވުނަސް އަދި އެދަރަޖައެއް ނުލިބޭނެ.

    10
    2
  2. ޕޫޓިން

    "އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި ވެސް އެމެރިކާ ސިފައިންނަށް އެންމެ ބޮޑަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައީ ރަޝިއާ އިންނެވެ."މީ ކޮންތާކުން ހޯދި މަޢުލޫމާތެއް؟

    11
    1
    • ގޮރބަޗޯފް

      ތީ މަރިޔަމް ޝާނީގެ އަމިއްލަ ޙިޔާލް..

  3. ރަނގަޅު

    ރަޝިއާ އަށް ހަމަލާދިނުން ޙުދު އަލިފާނުގެ ތެރެއަށް ވެއްޓުނު...ރަޝިއާ ވީއްލާ މިސައިލް ތަކުން 1 ގަޑި އިރުއެތެރޭ އިނގިރޭސީން ކުޑަކަކޫ މައްޗައް ތިރިކުރާނެ

    13
    2
  4. ޙައުލާ

    ތިހެނެއް ނުވާނެ. ލައްކަ އަވަހަށް ތިފެށޭނެ ކަމަށް ބެލެވެނީ. މަލްހަމާ ލަހެއްނުވާނެ. އަނިޔާވެރިކަން ހައްދުން ނެއްޓިފަ މިއޮތީ. ނިމުން އަންނާނެ. ނޭޓޯ އަކީ ރަޝިޔާއާ ދެކޮޅަށް ނުކުންނާނެ ލަޝްކަރަކީ. ޔޫރަޕާ ޔޫއެސް އިންޑިޔާ އިޒްރޭލުން ބައިވެރިވާނެ.

    4
    2
  5. ޒާ

    އެމެރިކާއަށް ރަޝިޔާ އެހީތެރިވާ ވާހަކަ އެއޮތީ ލިޔުންތެރިޔާއަށް އޮޅިގެން ލިޔެވިފަ. ރަނގަޅުގޮތަކީ އިނގިރޭސީން އެމެރިކާއަށް މަދަދު ދޭވާހަކަ. ރަޝިޔާއަކީ އެމެރިކާވިޔަސް ކުޅެން ކެރޭނެ ގައުމެއްނޫން. އަމުދުން އެމެރިކާއަކީ އެކަނިމާ އެކަނި ބަޔަކަށްވާކަހަލަ އެއްވެސް ބަޔަކަށް ހަމަލާ ދޭން ކެރޭބައެއްނޫން.