ޗައިނާގެ ސުޒްހޯ ސިޓީގެ ހޮޓަލެއްގެ ބައެއް ވެއްޓި ހިނގި ހާދިސާގައި އަށް މީހަކު މަރުވެ ނުވަ މީހަކު ގެއްލިގެން ހޯދުުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ސިޖި ކައިޔުއާން ހޮޓަލުގެ ބައެއް ވެއްޓިފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އިމާރާތް ވެއްޓުމުގެ ސަބަބުން 23 މީހުން އެތަނުގެ ތެރޭގައި ތާށިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމަޖެންސީ މެނޭޖްމެންޓް މިނިސްޓްރީއިން ވަނީ ރެސްކިއު ޓީމެއް އެ ސަރަހައްދަށް ފޮނުވާފައެވެ.

އިމާރާތުގެއެއް އެއްބައިި ވެއްޓެން ދިމާވި ސަބަބެއް ހޯދުމަށް އަންނަނީ ތަހުގީގް ކުރަމުންނެވެ. ޗައިނާގެ މީޑިއާތަކުން އާންމު ކޮށްފައިވާ ފޮޓޯތަކުން އެ ސަރަހައްދުގައި އިތުރު މީހެއް ފެނޭތޯ ކުއްތާއާއި، ކްރޭން ބޭނުންކޮށްގެން ރެސްކިއު ޓީމް ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ. މި އޮޕަރޭޝަނުގައި ބިންހެލުންތަކަށް ހާއްސަކޮށްފައިވާ ރެސްކިއު ޓީމާއި އެކު 600 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮޕަރޭޝަނަށް ހާއްކޮށް 120 ވެހިކަލެއް ދަނީ ބޭނުން ކުރަމުންނެވެ.

އިމާރާތް ވެއްޓުނު ވަގުތު އިމާރާތުގެ ތެރޭގައި ގިނައިން ތިބީ ފަތުރުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާތަނަށް ހަމީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ސިޖި ކައިޔުއާން ހޮޓާ ހުޅުވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ހޮޓަަލަކީ ތިން ފަންގިފިލާގެ އިމާރާތެކެވެ. އެތަނުގައި 54 ކޮޓަރި ހުންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގައި އިމާރާތްތައް ވެއްޓުމުގެ ހާދިސާތަކަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. މިފަދަ ހާދިސާތައް އާންމު ގޮތެއްގައި ހިނގާފައިވަނީ އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ދަށުން ގަވާއިދާއި ހިލާފަށް ފެންވަރު ދަށްކޮށް އިމާރާތް ކުރުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު