"ރެމޯޓް ރޭޑިއޯއެކްޓިވް ޑިޒާޓް" ސަރަހައްދުގައި ޗައިނާގެ އަމިއްލަ 'އޭރިއާ 51' ގާއިމްކުރަން ޖެހިލުންވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުން މި ސައިޓުގައި ސިއްރު ހަތިޔާރުތަކެއް ތައްޔާރު ކުރަމުންދެއެވެ.

އޭރިއާ 51 އަކީ ނެވާޑާގެ އުތުރުގައި އޮންނަ ސަރަހައްދެކެވެ. އެތަނަކީ ނެވާޑާގެ ފެސިލިޓީގެ ހައިލީ ކްލާސިފައިޑް އެމެރިކާގެ އެއާފޯސް (ޔޫއެސްއޭއެފް) ޓެސްޓް އެންޑް ޓްރެއިނިންގް ރޭންޖުގެ ސަރަހައްދުގެ ތަނެކެވެ.

އެއާބޭސް ގަބޫލުކުރެވިފައިވަނީ އެކްސްޕެރިމެންޓް އެއާކްރާފްޓާއި ހަތިޔާރު ސިސްޓަމް އުފައްދާތަނެއްގެ ގޮތުގައެވެ. އެއާކްރާފްޓްގެ ގޮތުގައި އަވަސް އުދުުހުމެއް ދައްކާ އެސްއާރް-71 އުފައްދާ ޓެސްޓް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ބުނެވޭ ގޮތުގައި އެއީ އެމެރިކާގެ މައި ބޭސްއެވެ. މިހާރު ރިޕޯޓުތަކާއި ސެޓެލައިޓް ފޮޓޯތައް ދައްކާގޮތުން އެތައް ބައިވަރު އިމާރާތްތައް އަންނަނީ ބިނާކުރަމުންނެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ލޭންޑް މިލިޓަރީ ސްޕޭސް ޕްލޭންތަކެއް ލޯންޗް ކުރުމުގެ މަސައްކަތް ކުރަމުންދެެެއެވެ.

ކިޔުންތެރިންގެ ހިޔާލު