އިންޑިއާގެ އަންދްރަ ޕްްރަދޭޝްގެ ހައިދަރްއާބާދް ސިޓީ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ސެއިސްމޮލޮޖީ (އެންސީއެސް)އިން ބުނީ، މި ބިންހެލުން އައިސްފައި ވަނީ މިއަދު ފަތިހު އިންޑިއާ ގަޑިން 5:00 ގައި ކަމަށެވެ.

ރެކްޓަރ މިންގަނޑުން 4.0 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައީ ހައިދަރު އާާބާދުގެ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ.

"4.0 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވޭ މިއަދު ފަތިހު 5:00ގައި. މި ބިންހެލުން އައިސްފައި ވަނީ ދެކުނު ހައިދަރް އާބާދުގެ 156 ކިލޯމީޓަރު ކައިރިން، 10 ކިލޯމީޓަރުގެ އަޑިން

މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ވިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންޑިއައަށްވެސް ދޭތެރެ ދޭތެރެއިން ބިންހެލުން އާދެއެވެ. އަދި މި ބިންހެލުންތަކުގައި ބައެއް ފަހަރަށް ގެއްލުންވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު