އުފަންވި އިރު ވެސް ރަހިމު ނެތް އަންހެނަކު ދުޅަހެޔޮކޮށް އޮތް ކުއްޖަކު ވިހައިފިއެވެ.

އެމެރިކާގެ އިޔޫޓާ ސްޓޭޓަށް ނިސްބަތްވާ އަމަންޑާ ގްރޫނެލް، 32 އަހަރު އުފަންވި އިރު އޭނާގެ ރަހިމު ނެތްކަން އޭނާ އަށް އެނގުނީ އުމުރުން 16 އަހަރުގައި މައްސަރު ކަންތައް ދިމާނުވާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

އަމަންޑާ ބުނީ އޭނާ ދަރިއަކު ހޯދަން ކިތަންމެ ބޭނުންވެފައިވީ ނަމަވެސް އެ އުފާ ނުލިބޭނެ ކަމަށް ކުރިން ހީކުރެވުނު ކަމުގައި ވީނަމަވެސް ރައްޓެއްސެއް ދިން ހިޔާލު އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަށެވެ. ރަހިމު ޓްރާންސްޕްލާންޓް ކުރެވޭނެ ކަމަށް ބުނުމުން އޭނާ ދެން ފެށީ އެކަމަށް ތައްޔާރުވާށެވެ.

ރަހިމު ޓްރާންސްޕްލާންޓް ކުރުމަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބި އަމަންޑާ އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވިއެވެ. އަމަންޑާ ޓްރާންސްޕްލާންޓް ހަދާފައި ވަނީ ކްލޭވްލެންޑް ކްލިނިކްސް ޔުޓޭރައިން ޓްރާންސްޕްލާންޓޭޝަން ޓްރައިލް ޕްރޮގްރާމުގައި ބައިވެރިވެގެންނެވެ.

ޓްރާންސްޕްލާންޓް ހެދުމަށްފަހު މުޅިން ފަސޭހަވުމުން އަނަންޑާ އައިވީއެފް(އިން ވިޓްރޯ ފާޓިލައިޒޭޝަން) ހަދައި ބަނޑުވިއެވެ.

އަމަންޑާ ވިހާފައި ވަނީ މި އަހަރުގެ މާރިޗް މަހުގައެވެ. އޭނާ އަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. އަމަންޑާ އޭނާގެ ފުރަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ގްރޭސްއެވެ.

 

ކިޔުންތެރިންގެ ހިޔާލު