ދުނިޔޭގައި އޮތް އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ ކަމަށް ތަޖުރިބާކާރުން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

"ދަ ތޯމަސް ފައުންޑޭޝަން" އިން 550 އަށް ވުރެ ގިނަ ތަޖުރިބާކާރުންގެ މަޝްވަރާ އާއި އެކު އެކުލަވާލި ދިރާސާގައި ބުނެފައިވާ ގޮތުގައި އިންޑިއާ އަކީ ދުނިޔޭގައި އަންހެނުންނަށް އޮތް އެންމެ ނުރައްކާތެރި ގައުމަށް ވަނީ ޖިންސީ ގޯނާ ކުރުމާއި އަންހެނުން ލައްވައި މަޖުބޫރުން މަސައްކަތް ކުރުން ފަދަ އެތައް ކަމެއް ހިންގަމުން ގެންދާތީއެވެ.

އިންޑިއާގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހައްދުފަނައަޅާފައި ވާއިރު އިންސާނުންގެ ވަގުފާރި ކުރުމާއި ގެވެށި އަނިޔާ ކުރުމާއި، މަޖުބޫރު ކޮށްގެން މަސައްކަތް ކުރުވުމާއި، މަޖުބޫރު ކޮށްގެން ކައިވެނި ކުރުވުން ފަދަ އެތައް ކަމެއް ވެސް އިންޑިއާގައި އިންތިހާއަށް އޮންނަ ކަމަށް ދިރާސާ ރިޕޯޓްގައި ވެއެވެ.

މިދިރާސާ މީގެ ހަތް އަހަރު ކުރިން ކުރިއިރު އިންޑިއާ އަކީ ހަތަރު ވަނަ އަށް އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމެވެ. އެހެންކަމުން ފާއިތުވި ހަތް އަހަރު ތެރޭގައި އިންޑިއާގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައިކަން ދިރާސާގެ ނަތީޖާ އިން އެނގެއެވެ.

2012 ވަނަ އަހަރު ދިއްލީގައި އަންހެން ކުއްޖަކު ރޭޕް ކޮށް މަރާލި ފަހުން އިންޑިއާގައި ރޭޕްގެ މައްސަލަތައް ރިޕޯޓް ކުރުން އިތުރުވި ނަމަވެސް ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުން މަދުނުވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމުގައި އިންޑިއާގެ މައި ސަރުކަރާއި ސަރަހައްދީ ސަރުކާރުންތަކުން ވެސް އެކަށީގެންވާ ވަރާއި ގާތަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯދީ

    އަމިއްލަ އަންހެންދަރިންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ނުކުޅެދިފައި ތިބިބަޔަކު އެހެން ގައުމު ތަކުގެ ކަންކަމަށް ފާޑު ކިޔާ ސިޔާސީ ގޮތުން ބަސްބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް. އިންޑިއާއަކީ އަސްލުވެސް ހަމަ "އިންކްރެޑިބްލް އިންޑިއާ". އެގައުމުގެ ނުހިނގާކަށް އެއްކަމެއްވެސް ނެތް. ހުރިހާ ކަމެއް ތިހާލުގަ.

  2. އަޙްމަދް

    ހެހޭ: މޭޑިން އިނޑިއާ ފުރެންޑު އެމްޑީޕީ!

  3. ހުސޭނުބޭ

    މަރުހަބާ އިންޑިޔާ! އެހްނެ ޤައުމުތަކުގެ ދާޚިލީ ކަންކަމަށް އަތްކޮށްޕުމުގެ ކުރިން ތިމާމެންގެ ޙާލާމެދު ވިސްނުން މާ ތާހިރުވާނެ!

  4. ޅޮސްގަސް

    މިކަމުންވެސް އިންޑިއާ ކުރި ހޯދުމަކީ ލިބުނު ފަޚުރެއް.

  5. Anonymous

    ޣޣށޣށޣޠޙޣ