ދުނިޔެ އިން ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގައި ކޮވިޑުގެ އާ ވޭރިއެންޓު ފެތުރި އެތައް ބަޔަކު ގޭގައި ފުރަބަންދު ކުރަން ނިންމައިފިއެވެ.

ޗައިނާގެ ވުހާން ސިޓީގެ 1.5 މިލިއަން ރައްޔިތުން ގޭގައި ފުރަބަންދު ކުރަން އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައި ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުންނެވެ. އެންމެ ފުރަތަމަ ކޮވިޑް ފެނުނު ސިޓީ ވުހާންގެ އެތައް ސަތޭކަ ބަޔަކު ކޮވިޑް ބަލީގައި މިހާރުވެސް ވަނީ މަރުވެފައިއެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ވުހާން ސިޓީގެ ދަތުރުކުރުމުގެ ހުރިހާ ވަސީލަތެއް ބަންދުކޮށްފައެވެ. އަދި މި ހާލަތުގައި ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައްވެސް އަޅަން ވަނީ ނިންމާފައެވެ.

ފާއިތުވި އަހަރުގައިވެސް ޗައިނާގެ 60 މިލިއަން މީހުންނަށް ދަތުރުފަތުރުކުރުން އެއްކޮށް ބަންދުކޮށްފައި ވެއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާއަށް އޭރުވެސް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެގޮތުން ތަފާސްހިސާބުތައް ދިރާސާކުރާ ފަރާތްތަކުން ބުނީ ފާއިތުވި އަހަރު މީގެ ދިހަ އަހަރު ނުވާވަރަށް ގެއްލުންވި ކަމަށެވެ.

ސިއްހީމާހިރުން ބުނާގޮތުގައި ޗައިނާގައި ފެތުރޭ ކޮވިޑް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެހެން ޤައުމުތަކުން އުފައްދާފައި ހުރި ވެކްސިންތައްވެސް ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ އިންސައްތަ އިތުރުކުރުމަށްވެސް އެފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވުހާން ސިޓީ ބަންދުކުރުމުން އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ގިނަބައެއްގެ ވަޒީފާ ގެއްލުމުގެ އިތުރުން ގިނަ ބަޔަކު ހާލުގައި ޖެހިގެންވެސް މަރުވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ކޮވިޑް 19 ޢޭ މިކިޔާ ކުޅިގަނޑަކީ ދުނިޔޭގެ އާބާދީ ކޮންޓްރޯކުރަން ފަސޭހައަކައްޓަކާ އުފައްދައިގެންއުޅޭ ސިއްޙީ ބިރުވެރިކަމެކެވެ.

    2
    1