އަންހެނުން މިނިސްޓަރުންގެ ގޮތުގައި އައްޔަން ނުކުރާނެ ކަމަށާއި އެމީހުން ތިބެންވީ ދަރިން ހޯދަން ކަމަށް ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
އަފްޣާނިސްތާނުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ތާލިބާނުންގެ ތަރުޖަމާނު ސައިދް ޒިކްރުالله ހާޝިމީ ވިދާޅުވީ އެ ގައުމުގެ އާ ސަރުކާރަށް އަންހެނުން ނުނަގާނެ ކަމަށާއި ފާއިތު 20 އަހަރު އެމެރިކާގެ އަޅުވެތިކަމުގައި އަފްޣާނިސްތާން އޮތް އިރު ޓީވީތަކުން ދެއްކީ މިކަމާ ދެކޮޅު ވާހަކަތައް ކަމަށެވެ.
އާ ސަރުކާރުގެ މަގާމުތަކަށް އަންހެނުން ނެގުމާއި ގުޅޭގޮތުން ހާޝިމީ ބުނީ އަންހެނުން ކެބިނެޓަށް ނުނެގޭނޭ ކަމަށާއި އެމީހުންނާއި އެ ބުރަ ހަވާލުނުކުރާނޭ ކަމަށެވެ. އަދި އަންހެނުން އެ މަގާމަށް ނެގުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި އާ ސަރުކާރު ގާއިމްކުރަމުންދާއިރު އެ ސަރުކާރުގެ މަގާމުތަކަށް ހުސް ނަގަނީ ފިރިހެނުންނެވެ. އެކަމާ ގުޅިގެން އެ ގައުމުގެ އަންހެނުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މުޒާހަރާ ކަވަރުކުރުމަށް ދިޔަ ނޫސްވެރިންތަކަކަށް ތާލިބާނުން އަނިޔާކުރި މައްސަލަވެސް ވަނީ ބޮޑު މައްސަލަ އަކަށް ވެފައެވެ.
ފާއިތުވި މަހު އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނަގާފައިވާއިރު އެ ޖަމާއަތުން ދަނީ އަންހެނުންނާއި ފިރިހެނުން އެއް ކުލާސްރޫމެއްގައި ކިޔަވަންވެސް ނުތިބެވޭނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ އަންހެނުންތައް ގެއަށް ފޮނުވުމުގެ މަސައްކަތްތައްވެސް ތާލިބާނުން ވަނީ ކޮށްފައެވެ.
1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރިއިރު ގެންގުޅު ހަރުކަށި އުސޫލުތަކާއި ގަވާއިދުތައް މިހާރު ވެރިކަން ކުރާއިރު ނުގެންގުޅޭނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ތިޔަގޯސްވަނީ !! އެ ކަނބަލުންނަށްވެސް މަސައް ކަތް ކުރެވެންޖެހޭނެ! އިސް ކޮޅުން އަންހެނުންނާއި ފިރިހެނުން ހަމަހަމަނުވިޔަސް.. ހުރިހާ އަންހެނުންނަށް ދަރިންނުލިބޭނެ ! އެހެންނޫނަސް ފިރިހެންވެރިން އަބަދުތިތިބެނީ ހަނގުރާމައަށްގޮސް .. ގައިމު އޮފީސްތައް އަދި މަދަރުސާތައްވެސް ހުޅުވައިގެން މަސައް ކަތް ކުރަންވެސްޖެހޭނެ!!
މަސަތްކަތް ހަވާލު ކުރާނަން ރޭގަނޑު ގެޔައްގޮސްފަ ކާންބޯންދިނީމަ ގޭގައޮތީމަ ނިމުނީ ތިއްތިދައްކަން ނުދުވެ
މިކަމާ ބަޔަކު މޭ ކެރިޔަސް، އަންހެނުންނަކީ އެފަދަ މަގާމުތަކަށް ވުރެ މާ ބޮޑު މަސްއޫލިއްޔަތެއްގެ ވެރި ބައެއް. ޙަމަ ހަަމަ އޭ ކިޔަކަސް ފިރިހެނުން ކިހިނެއް ވިހާނީ.. ދިވެހި މުޖުތަމައުގައ އަންހެނުން ވަޒީފާ ތަަކަށް ނުކުތިމަ ދަރިންގެ އަހުލާގަށް ވާ ގޮތް ފެެނެއެންނު. ޢަންހެނަކު ރުފިޔާ ހޯދަން މަޖުބޫރު ވާ ހާލަތުގައި ދައުލަތުން އެހަރަދު ބަލާނެ. ޢިސްލާމީ ނިޒާމުގަ
ފިރިހެނުން ތިބޭ ދަރިންފަތި ހޯދާފަ އެކުދިން ބިކަކުރަން.
އަންހެނުން ހަމައެކަނި ވިހަން ޖެހެންޏާ ފިރިހެނުން ތިބެންޖެހޭނެ އަންހެނުންނަށް ފައިސާ ޖަހާ މެޝިނުތަކެއްހެން.
ޚަބަރުގަ އޮތް އެއްޗަކާ ހެޑްލައިން ގަ އޮތް އެއްޗަކާ ދިމައެއް ނުވޭ
100% ތާއީދު. މިއަދު ގައުމު ތައް ހަލާކު ވުމުގެ ސަބަބަކީ ދަރިންނާ އަޅާލާނެ މައިންބަފައިން ނެތުން. ދަރިން ހޯދާފަ ނޯކަރަކާ ހަވާލުކުރުން .ޑޭކެއާ ސެންޓަރުތަކާ ހަވާލުކުރުން. ދަރިން ހިތްހަމަޖަ ޢްސާ އުފާކުރަން މިޖެހެނީ ޑްރަގް ނަގަން. ހުރިހާވެސް މައްސަލަޔަކީ ގާބިލް މަންމަޔަކު ނެތުން.ދުނިޔޭގެ މައީސަތުގަ އެންމެން ހަމަހަމަ ނޫންކަން ޒުހްރަފު ސޫރަތުގަ ﷲ ވަހީކުރއްވާފައިވޭ.
ތަލިބާނުންނަށް އެމެރިކާގެ ރުހުން ލިބޭނީ އަފްގާނިސްތާނުގެ ހުރިހާ އަންހެނުން ނުވިހާ އޮޕަރޭޝަން ކޮށްގެން.