ވާވޭގެ ސީއެފްއޯ މެންގް ވަންޒޮއު އެމެރިކާގެ ގާނޫނީ ވަކީލުންނާއި ހެދި އެއްބަސްވުމަށް ފަހު ޗައިނާ އަށް އެނބުރި ގޮސްފިއެވެ.

އެމެރިކާގެ ބެންކަކަށް މަކަރު ހެދި މައްސަލާގައި ޗައިނާގެ ޓެކް ކުންފުނި ވާވޭގެ ސީއެފްއޯ މެންގް ވަންޒޮއު ހައްޔަރުކޮށްފައި ހުރީ ކެނެޑާގައެވެ. ޗައިނާ އާއި އެމެރިކާއި ދެމެދު މި މައްސަލަ ހައްލުނުވެ އޮތުމަށްފަހު މެންގް ވަކި ގޮތަކަށް އެއްބަސްވުމަކަށް އައިސް މިހާރު ވަނީ ޗައިނަށް ދެވޭ ގޮތް ވެފައެވެ.

އޭއެފްޕީ ނޫހުން ރިޕޯޓްކުރާގޮތުގައި މެންގް ޗައިނާ އަށް ފުރާފައި ވަނީ ހުކުރު ދުވަހުގައެވެ. ދެ ގަޑިއިރުވަންދެން މެންގަށް ގޮތެއް ނިންމުމަށް ވަންކޯވާ ކޯޓުގައި އަޑުއެހުން ގެންދިއުމަށްފަހު މެންގް އާއި އެކު އެއްބަސްވުމެއް ހަދައި މެންގް ވަނީ ދޫކޮށްލާފައެވެ.

މެންގް އާއި ހެދި އެއްބަސްވުމުގައި ވާގޮތުން އޭނާ އަށް ހުކުމެއް އިއްވޭނީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ކަމާއި ގުޅިގެން ޗައިނާ އިން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު ޗައިނާ އިން ވަނީ އެގައުމުގައި ހައްޔަރުކޮށްފައި ތިބި ކެނެޑާގެ ދެ ރައްޔިތުންވެސް މިނިވަން ކޮށްފައެވެ.

ދެ އަހަރުވަންދެން މި މައްސަލާގައި ޗައިނާ އާއި އެމެރިކާއާއި ދެމެދު މައްސަލަ ޖެހިފައިވާއިރު މި މައްސަލަ ދޫކޮށްލުމަށް ޗައިނާއިން އެތައް ފަހަރެއްގެ މަތިން އެމެރިކާގައި ވަނީ އެދިފައެވެ.

2013 ވަނަ އަހަރު އެޗްއެސްބީސީ ބޭންކަށް އޮޅުވާލައިގެން އީރާނާއި އެކު ޑީލެއް ހެދި ކަމުގެ ތުހުމަތުގައި މެންގް ހައްޔަރުކުރީ ކެނެޑާއިން 2018 ވަނަ އަހަރުގައި އެވެ. މިއާއި އެކު ޗައިނާ އާއި ކެނެޑާގެ މެދުގައިވެސް މައްސަލަތައް ޖެހިފައި ވެއެވެ.