ވެލާއަކީ މޫދުގެ އަޑީގައި އާއި އެއްގަމުގައި ވެސް އުޅެން ފަރިތަ ދިރޭ އެއްޗެކެވެ. ދުނިޔޭގައި އެންމެ ގިނަ އަހަރަށް ދިރިއުޅޭ ދިރޭތަކެތީގެ ތެރޭގައި ވެލާ ހިމެނޭއިރު ވެލާގެ އެތައް ސައިޒެއް ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ފެނިފައެވެ. މިހާރު މިވަނީ ދުނިޔޭގެ އެންމެ ބޮޑު ވެލާ ކަމަށް ބެލެވޭ ވެލާ އެއްގަމަށް އަރައި އެތައް ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

ލެދަބެކް ވެލާ އަކީ ވެލާގެ އާއިލާގައި ވެސް އެންމެ ބޮޑު ވެލާއެވެ. މި ވައްތަރުގެ ވެލާތައް އެއްގަމުން ފެންނާނީ ވަރަށް މަދު ފަހަރަކުންނެވެ. ރާއްޖެއާ އެއްގޮތަށް ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ވެލާ އަކީ ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ.

މިފަދަ ވެލާއެއްގެ ބަރުދަން 550 ޕައުންޑާއި 2،000 ޕައުންޑާއި ދޭތެރެއަށްވެސް ގޮސްދާނެއެވެ. މިވައްތަރުގެ ވެލާތައް ފާހަގަ ކުރާނީ މިތަކެތީގައި ހުންނަ ކުލައިންނެވެ. އަޅި ކުލައެއް ހުރެފައި މިތަކެތީގެ ބުރަކަށީގައި ހުދު ތިކިތައް ހުންނާނެއެވެ.

ކެނެޑާ އިން ފެނިފައިވާ މި ވެލާ ކަނޑުގެ 4،200 ފޫޓު އަޑިއަށް ވެސް ގޮސްދާނެއެވެ. އަދި 85 މިނެޓް ވަންދެން ކަނޑުގެ ވަރަށް އަޑީގައި އޮވެ އުނދަގުލެއް ނެތި މައްޗަށް އެރުމުގެ ގާބިލްކަން މި ވެލާތަކަށް ލިބިގެންވެއެވެ.

އެޓްލާންޓިކް ކަނޑުގެ ސަރަހައްދުންނާއި ކެނަޑާ ކައިރިން މިފަދަ ވެލާތައް ވަރަށް އާންމުކޮށް ފެނެއެވެ. އަދި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުންވެސް މިފަދަ ވެލާތައް މަދުންނަމަވެސް ފެންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި!

    ތީގެ ވެލަޔަށް ދިވެހިން ކިޔަނީ މުސިންބި.

    12
  2. ޏނ

    ދުނިޔޭގެ އެންމެބޮޑު ވެލާ؟ ކޮބާ ދިގުމިން ފުޅާމިން؟ މޮޅު ސުރުހީއެެއް އެކަމަކު ބޭނުންވި އެެއްވެސް މައުލޫމާތެއް ނުލިބުނު،

    39
  3. ވެލާ ޝިފާ

    އަހަރެމެން ގިނައިން އުޅެނީ އެއްގަމުގައި..

    15
  4. މަރުމޯލު

    ކިހިނެއްބާ އެނގެނީ ދުނިޔޭގެ އެންމެބޮޑު ވެލަޔަކީ މިއީކަން، މުޅިކަނޑު އެއްކޮށް ބެލުނީބާ؟