މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކަމަށް ބުނާ ކޮވިޑް-19 އިން ފަސޭހަވާނެ ކަމަށް ބެލެވޭ ބޭހެއް އެމެރިކާއިން އުފައްދައިފިއެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މި ބޭހުގެ ސަބަބުން ކޮވިޑުން ދިފާއު ކޮށްދިން ނަމަވެސް، ބަލި އެއްކޮށް ނައްތާލުމަށް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ނިއުޔޯކުގައި ބޭސް އުފައްދަމުން އަންނަ މާކް އިން ބުނެފައިވަނީ އެ ބޭސް މިވަގުތު ތައްޔާރު ކޮށްފައި ތިބި ނަމަވެސް، ވަރަށް އަވަހަށް ބޭސް ޓެސްޓް ކުރުމުގެ ހުއްދައަށް އެދޭނެ ކަމަށެވެ. މި ބޭސް ބޭނުން ކުރަން ފެށުމުން ހޮސްޕިޓަލުގައި ފަރުވާ ދޭން މީހުންގެ އަދަދާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަށްވާނެ ކަމަށް އެފަރާތްތަކުން ލަފާ ކުރެއެވެ.

އެމެރިކާގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ އެންތޮނީ ފައުސީ ވިދާޅުވީ، އެކުންފުނިން ކޮވިޑަށް ބޭހެއް އުފެއްދުން އެއީ އުފާވެރި ހަބަރެއް ކަމަށާއި ބޭހުގެ ސަބަބުން ނަތީޖާ ނެރެން ފެށުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެންދާނެ ކަމަށެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ކޮވިޑް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވިދާޅުވީ ބޭހެއް އުފެއްދި ނަމަވެސް، ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށެވެ. އެއީ މުޅި ދުނިޔެއިން ބަލި ނައްތާލެވޭނީ ވެކްސިންގެ އެހީގައި ކަމަށްވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ބޭނުންވަނީ ބަލިން ސަލާމަތްވާނެ.. ހަމަ އެކަނި ފަރުވާއެއް ހޯދުމަކަށް ނޫން." އޭނާ ވިދާޅުވެފައިވެއެވެ.

މާކް އިން ބޭސް އުފެއްދުމާއި ގުޅިގެން އެމެރިކާގެ ސަރުކާރުން ވަނީ އެގައުމުން 1.7 މިލިއަން ބޭސް ގަންނާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު