ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި ބޯޓެއް ވަމުން އެ ސަރަހައްދުގެ މައްސަލަ ހޫނުވެއްޖެއެވެ.

މި ސަރަހައްދުގެ މަސްރަހު ހޫނުވެފައި ވަނީ އިނގިރޭސި ވިލާތުން ރޯޔަލް ނޭވީ ބޯޓެއް އެ ސަރަހައްދަށް ފޮނުވި ހިސާބުންނެވެ. މި ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ޗައިނާ، މެލޭޝިޔާ، ޓައިވާން، ވިއެޓްބާމް އަދި ފިލިޕީންސް އިން ވެސް ވަނީ ހިޔާލް ތަފާތުވެފައެވެ.

ފާއިތުވި މަސްތަކުގައި މި ސަރަހައްދުގެ މިލްކުވެރިކަން ހޯދުމަށް ބެއިޖިން އިން ވަނީ އެ ސަރަހައްދުގައި އަސްކަރީ މަރުކަޒުތައް ހަދާފައެވެ. އެޗްއެސްއެމް ކުއީން އެލިޒެބަތް އާއި އެއާއި ގުޅޭ އިތުރު ބޯޓުތަކެއް ކަނޑުގެ ސަރަހައްދަށް ވަނީ ބެއިޖިންގެ ބާރު ދެއްކުމަށް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މިހާރު މި ސަރަހައްދުގެ ގައުމުތަކުގެ ލޯ އެންމެ ބޮޑަށް ހުއްޓިފައި ވަނީ ބެއިޖިން އަށެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ޗައިނާ އާއި ޓައިވާނާއި ދެމެދުގައިވެސް މައްސަލަ ޖެހިފައި ވަނިކޮށެވެ.

ޗައިނާ އާއި ޓައިވާނާއި ދެމެދު މައްސަލަ ބޮޑުވެފައި ވަނީ ޓައިވާން މަތިން ޗައިނާގެ އަސްކަރިއްޔާގެ ގިނަ އަދަދެއް ޖެޓުތަކެއް ދިއުމާއި ގުޅިގެންނެވެ. ޓައިވާން އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން(އޭޑީއައިޒެޑް) އިން ބުނީ އެގައުމުގެ މަތިން ޗައިނާގެ 38 ޖެޓު ގޮސްފައިވާ ކަމަށެވެ.

1949 ވަނަ އަހަރުގައި ޗައިނާގައި ހިނގި ދާހިލީ ހަނގުރާމައަށް ފަހު ޓައިވާން ވަނީ ވަކި ދައުލަތެއް އެކުލަވާލައި ވެރިކަން ކުރަން ފަށާފައެވެ. އަދި ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި އެ ގައުމު ފާހަގަ ކުރެވެއެވެ.