ޕާކިސްތާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓް އަބްދުލް ގަދީރް ހާން މަރުވެއްޖެއެވެ. ޕާކިސްތާނުގެ ނިއުކްލިޔާ ބޮމުގެ ބައްޕައިގެ ލަގަބު ހޯދާފައިވާ މި ސައިންސުވެރިޔާ މަރުވީ އުމުރުން 85 އަހަރުގައެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިއުކްލިޔާ ހަކަތަ އުފައްކާ ކާރުހާނާއެއް އުފެއްދީ ޕާކިސްތާނުގައެވެ. އެގައުމުން ހާއްސަ ގަދަރެއް އޭނާ އަށް ދީފައިވާއިރު އޭނާ މަރުވެފައި ވަނީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހާން ވަނީ އޮގަސްޓް މަހު ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ބާއްވައިފައެވެ. އޭގެ ފަހުން އޭނާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ވެސް މި ހޮސްޕިޓަލްގައި އޮއްވައެވެ.

ޕާކިސްތާންގެ ރައީސް އާރިފް އަލްވީ ވަނީ ހާން މަރުވުމުން އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފައެވެ. ރައީސް އާރިފް އާ ހާން އަކީ 1982 ވަނަ އަހަރުން ފެށިގެން ވަރަށް ގާތް ދެ ރައްޓެހިންނެވެ.

ނިއުކްލިޔާ ހަތިޔާތު އުފެއްދުމުގައި ބޮޑު ވާދަވެރިކަމެއް މިހާރުގެ ދުނިޔޭގެ ގައުމުތަކުގައި އޮތް އިރު ޕާކިސްތާނަށް ޝަރަފު ހޯދައިދިން މޭސްތެރިޔާގެ މުުޅި އުމުރަށް ވަކިވުމުން އެގައުމުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އަނީ ހާންގެ ހަނދާންތައް އަބަދަށްވެސް ހުންނާނެ ކަމަށް އެގައުމުން ބުނެއެވެ.

މީގެ އަހަރުތަކެއް ކުރިން ހާން އަށް ވަނީ ގިނަ ތުހުމަތުތަކެއް ވެސް ކޮށްފައެވެ. އެއީ އޭނާ އީރާނާއި އުތުރު ކޮރިޔާ އަދި ލީބިޔާ އަށް ނިއުކްލިޔާ ހަތިޔާރުގެ ޓެކްނޮލޮޖީ ހިއްސާކުރި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކެކެވެ. އޭގެ ފަހުން ބަންދުގައި ބެހެއްޓުމުން އޭނާ ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފައެވެ.

ހާން އާއެކު ޕާކިސްތާނުން ނިއުކްލިޔާ ފުޅާކުރުމުގެ މަޝްރޫއު ހިންގަނީ ވަރަށް ގިނަ ލޯތައް ޝާމިލް ކޮށްގެންނެވެ. އަދި އޭނާ ގައުމުން ބޭރަށް ކުރާ ކޮންމެ ދަތުރެއްވެސް ޕާކިސްތާނުގެ ސަރުކާރުން ވަރަށް ކައިރިން ބަލަމުން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހިބަދޫ މީހާ

    އިސްލާމީ އުންމަތް ފަހުރުވެރިވާ ދަރިޔެެއް ޕާކިސްތާންގެ ނިއުކްލިޔަ ހަތިޔާރުގެ ބައްޕަ.

    13
  2. ޢަލީ ނަޖީބު

    ޕާކިސްތާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓް މަރުވެއްޖެ. ޣައިރު މުސްލިމު ޤައުމެއްގެ ސައިންޓިސްޓެއްނަމަ އަވަހާރަވެއްޖެ. މުސްލިމުންނާއި ދޭތެރޭގައި އިޙްތިރާމްހުރި މާތްބަހުރުވައަކުން ލިޔުމަކީ ރިވެތި އަޚްލާޤުގެތެރެއިން ވާކަމެއް. އެ އަޚްލާޤު ދިރުވަމާތޯ