ލައިވް އެއްގެ ތެރެއިން ކުރީގެ އަނބިމީހާގެ ގަޔަށް ތެޔޮ އަޅައި ރޯކޮށްލި މައްސަލައާއި ގުޅިގެން ޗައިނާގެ މީހަކު މެރުމަށް ހުކުމް ކޮށްފިއެވެ.

ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރަށް މަރު ހިފުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ރިޕޯޓް ކުރަމުން މީޑިއާތަކުން ބުނެފައިވަނީ އުމުރުން 30 އަހަރުގެ ލަމޯ އަކީ ދަނޑުވެރިކަމުގެ އިތުރުން އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ލައިވްކޮށް އޭނާގެ ސަޕޯޓަރުންނާއި ބައްދަލު ކުރާ މީހެކެވެ.

"މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ލައިވްއެއްގައި ހުއްޓާ އެ ފިރިހެން މީހާ އޭނާގެ ގަޔަށް ތެޔޮ އަޅައި ރޯކޮށްލީ ލައިވްގައި ގިނަ ބަޔަކު ތިއްބާ. އޭގެ ދެ ހަފްތާ ފަހުން އޭނާ މަރުވީ" މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިކަން ކޮށްފައިވަނީ އޭނާގެ ކުރީ ފިރިމީހާ ކަމަށްވާ ޓޭންގް ލޫ ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުން ނަމަވެސް، އޭގެ ފަހުން އޭނާ ހުރީ ބަންދުގައެވެ. މި މައްސަލައާއި ގުޅިގެން އޭނާ މެރުމަށް ހުކުމް ކުރުމުގެ އިތުރު މަރުގެ ދިޔަ ދިނުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޓޭންގެ ކުށުގެ ރިކޯޑްތަކަށް ބަލާއިރު، ކޯޓުގައި ދައުލަތުގެ ވަކީލުން ވަނީ އޭނާއަކީ އޭނާގެ ކުރީގެ އަނބިމީހާއަސް އެކިގޮތް ގޮތުން އަނިޔާ ކޮށްފައިވާ މީހެއް ކަމަށެވެ. އެފަދަ މައްސަލަތަކާއި ގުޅިގެން އެދެމަފިރިން ވަރިވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން ކައިވެނި ކުރުމަށް ޓޭންގް އެދުމުން ވެސް އަނބިމީހާ ކައިވެނި ނުކުރުމުން އެކަން ކުރީ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަލީ

  މަރަށްމަރު ، މިރާއްޖޭގައި މިވަނީ ކިހިނެއް ،،

  14
 2. ޢިންޖިނިއަރ އެޑިލް

  ޗައިނާ އަޕް ކީޕް ގޮއިންގް

 3. ކުނބުރު

  ކިހެނިއް މިވަނީ މަރައްމަރު މަރުގެދިޔަ ގައިމުވެސް މުސްލިމް ގައުމެއްނޫން