އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މަރުވެއްޖެއެވެ.
ކޮލިން ޕަވަލް މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަން ކަށަވަރު ކޮށްދީ އޭނާގެ އާއިލާއިން ވަނީ ބަޔާނެއް ނެރެފައެވެ.
ކޮލިން ޕަވަލް މަރުވެފައި ވަނީ އުމުރުފުޅުން 84 އަހަރުގައެވެ.
"ކޮލިން ޕަވަލް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި. ކޮލިން ޕަވަލް އަށް ފަރުވާކުރީތީ ވޯލްޓާ ރީޑް ނޭޝަނަލް މެޑިކަލް ސެންޓަރގެ މުވައްޒަފުންނަށް ޝުކުރިއްޔާ! ވަކިވެގެން ދިޔައީ ލޯބިވާ ފިރިއެއް، ބައްޕައެއް، ކާފައެއް އަދި އެމެރިކާ ފަހުރުވެރިވާނޭ ފަދަ ދަރިއެއް" އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮލިން ޕަވަލް ވަނީ ރޯނާލްޑް ރީގަންގެ ވެރިކަމުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އެއްގެ މަގާމު އަދާކުރައްވާފައެވެ. އެއީ 1987ވަނަ އަހަރުން ފެށިގެން 1989ވަނަ އަހަރާއި ހަމައަށެވެ. އަދި ޖޯޖް އެޗްޑަބްލިއު ބުޝްގެ ވެރިކަމުގައި 1989ވަނަ އަހަރު ވަނީ ޗީފް އޮފް ސްޓާފެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާއިރު، 2001ވަނަ އަހަރު ވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމާއި ހަވާލުވެ ވަޑައިގެންފައެވެ. 2005ވަނަ އަހަރާއި ހަމައަށް މި މަގާމު ކޮލިން ޕަވަލް އަދާކޮށްފައި ވެއެވެ.
އެއީ ކަޅު ނަސްލުގެ މީހަކަށް އެމެރިކާގައި އެ މަގާމު ލިބުނު ފުރަތަަމަ ފަހަރެވެ. މިއާއި އެކު ކޮލިން ޕަވަލް ފާހަގަ ވެގެންދިޔައީ އެންމެ މަތީ ވަޒީފާތައް އަދާކޮށްފައިވާ ކަޅު ނަސްލުގެ މީހެއްގެ ގޮތުގައެވެ.
ސުވާލަކީ ކައްވަޅުގެ ފުރަތަމަ ރެއަށް ތައްޔާރު ކުރީ ކޯއްޗެއްތޯ ، ނަކީރު މުންކަރު މަލާއިކަތުންގެ ސުވާލުތަކަށް ކޮން ޖަވާބެއްތޯ ދޭނި
ދޮގާއި މަކަރުން މިލިއަނުން މިލިއަނުން ކުށެއްނެތް މީހުންގެ ހައްގުތަކަށް އަރައިގަތުން. އެތައް އާއިލާއެއް ކުދިންނެއް ޔަތީމްކޮށް އެތައް އަނބިންނެއް ހުވަފަތްކޮށްފި. މެދުއިރުމަތި އަދިވެސް އެއުޅެނީ ހިންދަމާނުލެވިގެން.
މީނާ ތައުބާވީ ކަަމަށް ވަނީ އެންމެ ފަހު ވަގުތު. ޝަހާދަތް ކީ ކަމަށް ވަނީ
މަރަކީ އެންމެންނަށްވެސް އޮތްއެަްޗެއް!
އިރާގް ސުންނާފަތި ކުރި އެމެރިކާގެ ސިޔާސީ ގުރޫޕުގެ މީހެއް.
ޢަލްހަމްދުލިﷲ.
އިރާގު ފަނާކޮއްލި އެއް މޭސްތިރީ
ރެސްޓް އިން ހެލް އަނިޔާވެރިޔާ..
މުސްލިމުންގެ ލޭބޯ ޣައްދާރެއް................އޭނާ މަރުވުމަކީ ލިބުނު އުފަލެއް............