ސިންގަޕޫރްގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެ ފިޔަވަޅުތަކަށް ލުއި ނުދޭން ނިންމައިފިއެވެ. އެ ގައުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތަރު ހަފްތާއަށް ވަނީ އިތުރުކޮށްފައެވެ.

ސިންގަޕޫރްގައި މިދިޔަ އަންގާރަ ދުވަހު 3994 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެ ގައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނީ، އެ ގައުމުގައި ކޮވިޑާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ގްރޫޕްތައް އެއްވެ އުޅުމާއި، ގޭގައި މަސައްކަތް ކުރުން ނޮވެމްބަރު 21 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު، ސިއްހީ ނިޒާމަށް ނުކަތާ ހިސާބަށް ގޮސްދާނެ". އެ ގައުމުގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިހާރު ދަންމާލި އެ ފިޔަވަޅުކަކީ ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް އެޅި ފިޔަވަޅުތަކެވެ. ނަމަވެސް އެ ގައުމުގައި ބަލީގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް އިތުރު ދުވަސްތަކަށް ދަންމާލިއިރު، ބަލީގެ ހާލަތަށް ބަލައި ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށް ބުނެފައި ވެއެވެ.

މި އަހަރު ތެރޭގައި އެތައް ފަހަރެއްގެ މަތިން ކޮވިޑާއި ގުޅިގެން އެ ގައުމުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައި ވެއެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނަނީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލީގެ ހަލާތު ނުދޭތޯ އަބަދުވެސް ބަލާ ކަމަށެވެ.

ސިންގަޕޫރްގެ ކޮވިޑްގެ ހާލަތަށް ބަލާއިރު 1650 އައިސޮލޭޝަން އެނދުތަކުގެ ތެރެއިން 89އިންސައްތަ އެނދު ވަނީ ފުރިފައެވެ. އަދި 67 އައިސީޔޫ އެނދު ފުރިފައިވާއިރު، މޮނީޓަރ ކުރުމަށް އެނދުމަތި ކުރި ގިނަ ބަލި މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެފައި ވެެވެ.

ސިންގަޕޫރްގައި މިހާތަނަށް 154،725 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެ ގައުމުގައި ވެކްސިން ޖެހޭ އާބާދީގެ 84% ވެކްސިން ފުރިހަމަކޮށްފައިވާއިރު، 246 މިހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު