އިންޑިއާގެ މުމްބާއީގެ ލާލްބައުގް ސަރަހައްދުގައި ހުރި ލަގްޒަރީ ރެޒިޑެންޓަލް ޓަވަރެއްގެ 19 ވަނަ ފަންގިފިލާގައި ރޯވެއްޖެއެެވެ.

މިހާރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އަލިފާން ނިއްވާ ވެހިކަލް ހަރަކާތްތެރިވަމުން ދެއެވެ.

މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ލަގްޒަރީ ވަން އަވިގްނާ ޕާކް ސޮސައިޓީން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި މަދުވެގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަރުވި އެ މީހާއަކީ އެ އިމާރާތުގެ 19 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާއެވެ. އަދި އެ ފަންގިފިލާގައި ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ. މި ބޮޑު އަލިފާންގަނޑުގެ ސަބަބުން ފެންނަން ހުރީ ވައިގެ ތެރޭގައި ކަޅު ދުންގަނޑުތަކެވެ.

އެ އަލިފާނުގެ ހާދިސާގައި ވެއްޓުނު މީހާ ގެންގޮސްފައި ވަނީ ކޭއީއެމް ހޮސްޕިޓަލަށެވެ. އެ ހޮޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އުމުރުން 30 އަހަރުގެ އަރޫން ތިވާރީ ނަމަކަށް ކިޔާ އެ މީހާ ހޮސްޕިޓަލަށް ގެނައީ މިއަދު މެންދުރު 12.45 ހާއިރު ކަމަށެވެ. އޭނާ މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މިހާރު އެ ސަރަހައްދުގައި ސީނިއާ އޮފިޝަލުން ހަރަކާތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު