ގިނަބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ "ކްލަބްހައުސް" އެޕްލިކޭޝަން ދުނިޔޭގެ އެކި ހިސާބުތަކަށް ޑައުންވެއްޖެއެވެ.

ކްލަބް ހައުސް ޑައުންވެގެން މިހާރުވެސް ގިނަަބަޔަކު ދަނީ މީސް މީޑިއާގައި އެކަން ހިއްސާ ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި ބައެއް ގައުމުތަކަށް ކްލަބް ހައުސް ޑައުންވެފައިވާ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ބައެއް ސަރަހައްދުތަކާއި، ޗެކް ރިޕަބްލިކް، ސައުދި އަރަބިއްޔާ އާއި އިންޑިއާ ފަދަ ގައުމުތައް ހިމެނެއެވެ.

މީސް މީޑިއާގައި އެވާހަަކަތައް ހިއްސާ ކުރި ބައެއް ފަރާތްތަކުން ބުނަނީ ބެލެވޭގޮތުގައި ހުރިހާ ހިސާބަށް ކްލަބް ހައުސް ޑައުންވެފައިވާ ކަމަށެވެ.

މީސް މީޑިއާގައި މިގޮތަށް ބައެއް ފަރާތްތަކުން ކްލަބް ހައުސް ޑައުންކަން ހިއްސާ ކުރުމުން ކްލަބް ހައުސްގެ އޮފިޝަލް ޓްވިޓާ ކައުންޓުން ބުނީ "އަޅުގަނޑުމެންނަަށް އެކަން އެނގޭ ކަމަށާއި، މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ". ކަމަށެވެ.

https://twitter.com/clubhouse/status/1452978075084509187?s=21

ކްލަބްހައުސްއަކީ ރާއްޖޭގައި ގިނަބަޔަކު ބޭނުން ކުރަމުންދާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މަދު ދުވަސްތަކެއްގެ ތެރޭގައި ދިވެހިންގެ އެންމެ ގާތް އެޕްލިކޭޝަނަކަށް ވެފައިވާއިރު، ސަރުކާރުގެ އެކި މުވައްސަސާތަކާއި، ކުންފުނިތަކުންވެސް މި އެޕްލިކޭޝަން ބޭނުންކޮށް އެކި މައުޟޫތަކަށް ވާހަކަދައްކާ ހަދައެވެ. އަދި ގިނަ ދިވެހިން ރަހުމަތްތެރިކަމުގެ ގުޅުން ދަމަހައްޓަންވެސް މި އެޕްލިކޭޝަން ބޭނުން ކުރާއިރު، މުހިންމު ބައެއް ކަންކަމަށް ހިޔާލު ބަދަލު ކުރަންވެސް މި އެޕްލިކޭޝަން ބޭނުން ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.