ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ މީހަކު މި ބައްޔަށް ފައްސިވެ، މަރުވެފައިވާ، ބަލީގެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ގައުމެކެވެ.

ކޮވިޑްގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކައް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެގައުމުން 1،123 މީހަކު މި ބަލީގައި މަރުވެފައިވާއިރު، މިހާރު އިތުރު 36،582 މީހަކު މިވަނީ މި ބައްޔަށް ފައްސިވެފައެވެ. އެގައުމުން އިތުރު 1،123 މީހަކު މިބަލީގައި މަރުވުމާއި އެކީ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 233,898 އަށް އަރަފައެވެ.

މިއީ މިހާތަނަށް މި ބަލި އެގައުމުގައި ފެތުރެން ފެށި ފަހުން އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މި ބަލީގައި މަރުވި ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އެގައުމުން އިއްޔެއެވެ. އެގޮތުން އިއްޔެ އެގައުމުން 1,106 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިބައްޔަށް އިތުރު 36،582 މީހަކު ފައްސިވެފައިވާއިރު، މިހާރު ޖުމްލަ އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 8,352,601 އަށް އަރާފައެވެ.

ރަޝިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 7,242,735މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފައްސިވެފައިތިބީ 875,968 މީހެކެވެ. އޭގެ ތެރެއިން 2،300 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު