އިންޑިއާގެ އަވަށެއް ކަމަށްވާ ޓްރިޕޫރާގައި ބޭއްވި މުޒާހަރާގެ ތެރެއިން އެއަވަށުގެ މިސްކިތަކަށް ގެއްލުންދީ، ފިހާރަތަކާއި ބައެއް ގެތައް ރޯކޮށްލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިއްޔެ ކުރިއަށް ދިޔަ މި މުޒާހަރާއަކީ ބަންގްލަދޭޝްގެ ބައެއް ރައްޔިތުންނާއި ދެކޮޅަށް އިންޑިއާގެ ރައްޔިތުން ކޮށްފައިވާ މުޒާހަރާއެކެވެ. މި މުޒާހަރާގައި 3،500 އަށްވުރެ ގިނަ ހިންދޫ މީހުން ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާގެ ތެރެއިން މިސްކިތެއްގެ ދޮރު ހަލާކު ކޮށްފައިވާތީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ފުލުހުން މިހާރު ވަނީ މިސްކިތްތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައެވެ.

ފުލުހުން ބުނީ، މުޒާހަރާގެ ތެރެއިން މިސްކިތެއްގެ ދޮރު ހަލާކު ކުރުމުގެ އިތުރުން ބައެއް ފިހަރާތައް ރޯކޮށް، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް މުޒާހަރާގެ ބައިވެރިން ދީފައިވާ ކަމަށެވެ. އަދި މިހާރު އެކަން ހައްލުކޮށް އެފަދަ އަމަލެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ބަހައްޓައި އެފަދަ ހާލަތަކަށް ތައްޔާރަށް ތިބި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"މި މުޒާހަރާއަކީ ގިނަ އަދަދެއްގެ ހިންދޫ މީހުން ބަންގްލަދޭޝްގައި ހިނގި ހަމަ ނުޖެހުމުގެ ސަބަބުން އެކަމާއި ގުޅިގެން ކުރި މުޒާހަރާއެއް. މުޒާހަރާގެ ތެރެއިން ބައެއް މީހުން މިސްކިތުގެ ދޮރެއް ހަލާކު ކުރީ ގާ އުކައިގެން" ފުލުހުން ބުންޏެވެ.

އިންޑިއާގައި ހިނގަމުން އަންނަ ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަސީ

    އިންޑިއާގެ އެމްޑީޕީ މުޒާހަރާގެ ތެރެއިން މުޒާހަރާ ކުރިމީހުން މިސްކިތްތަކަށް ގެއްލުންދީ ފިހާރަތަކުގައި ހުޅުޖަހައިފި!