ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް މެންބަރުން ކަމަބޭހޭ ވުޒާރާތަކުން އަދިވެސް ހައްޔަރުކޮށްފައި ތިބިކަން ހާމަވެއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ސައުދީ ބޮޑެތި ވިޔަފާރިވެރިންވެސް ހައްޔަރުކުރަމުންނެވެ. ހައްޔަރު ކުރުމުގެ މި ސިލްސިލާ އަދިވެސް ނުނިމޭ ކަމަށް ރިޕޯޓްްތައް ބުނެއެވެ.

ކޮރޮޕްޝަން ނައްތާލުމުގެ ބޭނުމުގައި ސައުދީއިން ފަށާފައިވާ މަސައްކަތުގެ ދަށުން އެފަރާތްތައް ހައްޔަރުކުރަމުން ދާތާ މަހެއްހައި ދުވަސް ވެފައި ވާކަމަށް ވެއެވެ. ހައްޔަރު ކުރެވިފައިވާ މީހުންގެ އާއިލާތަކުން މައުލޫމާތު ދޭ ގޮތުގައި އެމީހުން ހައްޔަރުގައި ސައުދީ ސަރުކާރުން ބައިތިއްބާފައި ތިބީ އެއްވެސް ދައުވާއެއް ކުރުމެއް ނެތިއެވެ. އަދި އާއިލާގެ މެމްބަރުންނާއި ލޯޔަރުންނާއި ވާހަކަ ދެއްކުމުގެ ފުރުސަތު ހަނިކޮށްފައިވާކަމަށްވެސް ބުނެއެވެ.

ހައްޔަރުކޮށްފައި ތިބި ފަރާތްތަކުގެ ތެރޭގައި ސައުދީ ޝާހީ އާއިލާގެ އިސް ޕުރިންސެއް ކަމުގައި ވާ ތުރުކީ ބިން އަބްދުﷲ ހިމެނެއެވެ. އޭނާ އަކީ ރިޔާދްގެ ގަވަރުނަރުކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ސައުދީ ސަރުކާރުންވަނީ ސައުދީގެ ބިލިޔަނަރުންތަކެއްވެސް ހައްޔަރުކޮށްފައެވެ. ސައުދީގެ ބެންކިންގް ގުރޫޕަށް ނިސްބަތްވާ އެބޭފުޅުން ހައްޔަރު ކުރި ސަބަބު މިއަދާ ހަމަޔަށް ވެސް ބުނެދީފައެއްނުވެއެވެ.

މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކޮރަޕްޝަން ނައްތާލުމަށް ފިޔަވަޅުތަކެއް އަޅަމުންދާއިރު ސަލްމާން ގެ ބަސްމަގާއި މެދު ގިނައަދަދެއްގެ މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ހާއްސަ ގޮތެއްގައި ޔަހޫދީ ދައުލަތުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމުން އިސްރާއީލަށްވެސް ބިމެއްހައްގުވާނެ ކަމަށްބުނުމުން \ސަލްމާން ގެ މަގުބޫލުކަންވަނީ މުސްލިމު އުންމަތު ގެ މެދުގައި ކުޑަވެފައެވެ. އޭގެ އިތުރުންވެސް އެމެރިކާގެ ރައީސް ޓުރަމްޕް އާއި ގުޅުން ބަދަހި ކުރައްވަން ސަލްމާން މަސައްކަތް ކުރައްވަމުން ދާތީ އެކަމަށް ވެސްވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލްމާނަކީ ސަޢޫދީގެ ރަސްގެފާނު. އެއީ ވަލީއަޙްދު މުޙައްމަދުގެ ބައްޕަ. މުޙައްމަދަށް ނިސްބަތްކޮށް ސަލްމާނެކޭ ނުކިޔޭނެ. މުޙައްމަދު ބިން ސަލްމާން ކިޔަނީ މުޙައްމަދަކީ ސަލްމާނުގެ ދަރިޔަށްވާތީ. ނޫސްވެރިކަން ކުރާއިރު މީހުންނަށް ނަން ކިޔާފައި ހުންނަގޮތް ދަސްކޮށްގެން އުޅެބަލަ.