ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ފުޓުބޯޅަ ޓީމު ނެރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ ޑައިވަރަކު މަރުވެއްޖެއެވެ.

ތައިލެންޑް ގެ އޮފިޝަލުން މައުލޫމާތު ދިންގޮތުގައި މަރުވެފައިވަނީ ހޮހޮޅައިގައި ތާށިވެފައިވާ ކުދިންނަށް ކާތަކެތި ފޯރުކޮށް ދިނުމުގައި ހަރަކާތްތެރި ވަމުން ދިޔަ ސަމަން ގުނަންއެވެ.

" އޭނާ މަރުވި އިރު ދިޔައީ ހޮހޮޅައިގައި ތާށިވެފައިވާ ކުދިންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން. އޮކްސިޖަން ފޯރުކޮށްދިނުމަށްފަހު މައްޗަށް އެރި ވަގުތު އެވަގުތު ފުޅީގައި އޮކްސިޖަން ނެތިގެންމަރުވީ " ތައިލެންޑް އޮފިޝަލް މައުލުމާތު ދިނެވެ.

ސަމަން ގުއަންއަކީ ތައިލެންޑް ގެ ކުރީ ގެ ނެވީ ސީލް އެއްކަން ފާހަގަކޮށްލެވެއެވެ. އޭނާ ކުދިންސަލާމަތް ކުރުމުގެ އޮޕަރޭޝަންގަ ހަރަކާތްތެރިވަމުން ދިޔައީ ވޮލަންޓިއާވެގެންނެވެ.

އެކަމާ ގުޅިގެން ތައި ނެވީ ސީލްގެ ކޮމާންޑާ އަކޯން ޔޫކޮންގްކައެ މީޑިޔާތަކަށް މައުލޫމާތު ދިން ގޮތުގައި ރެސްކިއު ޓީމުގައި ހަރަކާތްތެރިވަމުން ދިޔަ މީހަކު މަރުވުމުން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހުއްޓިގެން ނުދާނެކަމަށެވެ.

އަދި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ދާނެކަމަށްވަނީ ވިދާޅުވެފައެވެ. ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ތަޖްރިބާކާރު ޑައިވަރަކު މަރުވުމަކީ އެ މަސައްކަތުގެ ނުރައްކާތެރިކަން ބޮޑުކަން އަންދައިދޭ ކަމެއް ކަމަށް އޮފިޝަލުން ވަނީ ބުނެ ފައެވެ. ހޮހަޅައިގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހުރަސްކުރަން ތަޖްރިބާކާރު ޑައިވަރުންނަށް ވެސް ފަސް ގަޑިއިރު ހޭދަވެ އެވެ.

ކަން މިހެން ހުރުމާއެކު ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ދިގުލައިގެން ދިޔުންގާތްކަމަށް އޮފިޝަލުން މައުލޫމާތުދެެވެ.

ހޮހޮޅައެއްގައި ތާށިވެފައިވާ ތައިލެންޑަށް ނިސްބަތްވާ ފުޓުބޯޅަ ޓީމަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، އެމީހުން ސަލާމަތްވާނެ އިރަކަށް، އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު