އިންޑިއާގެ އެއާޕޯޓަކުން ތިން ކިލޯގެ ރަނާއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ބައިނަލްއަގުވާމީ ރަނުގެ ވިޔަފާރި ކުރާ ބަޔަކު ކަމަށެވެ. އަށް އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރު ކުރީ އިންޑިއާގެ ކެމްޕެގޮޑާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެމީހުން ހައްޔަރުކުރީ ބަރުދަނުގައި ތިން ކިލޯއަށްވުރެ ގިނަ ރަން އެތެރެކުރަން އުޅުމުގެ ތެރެއިންނެވެ.

މިއީ 3.1 މިލިއަން ރުފިޔާގެ އަގު ހުރި ރަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ހާމަ ކުރާ ގޮތުގައި ރަން އެތެރެކުރަން އުޅުނު މީހުން ރާވާފައި އޮތީ އިންޑިއާގެ ސިޓީގެ ބަޔަކާ ރަން ހަވާލު ކުރާށެވެ..

ޓާމިނަލް ތެރޭގައި އެމީހުން ތިބި އިރު، ކަސްޓަމްސްގެ އޮފިސަރުންނަށް ވަނީ އޭގެ ތެރެއިން ބައެއް މީހުންނާ މެދުގައި ޝައްކު ކުރެވިގެން ބަލައި ފާސްކޮށްފައެވެ.

އެ މީހުންނާ ގުޅުން ހުރި މީހުން ތިބިތޯ ބެލުމަށް އިންޑިއާ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނުންރަނަށް

    ރަން ގެންގުޅުމަކީ ކުށެއްތަ؟

    • ނަން

      އެމީހުނައް ބައެއް ނުދިނީމަ ކުށަކައް ހެދީ ކަމައް ވާނީ