ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1،239 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ފަސް ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް 1،000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި ފަހަކަށް އައިސް މި އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ރަޝިއާއިން މި ބަލި ޖެހިގެން އިތުރު 1،239 މީހަކު މަރުވެ މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 271,531 އަށް އަރާފައެވެ. އަދި އިތުރު 33,946 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 9,536,825 އަށް އަރާފައެވެ. އެގައުމުން ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދު ވެސް އުޅެނީ 20,000 އިން މަތީގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 8,237,465 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 1,027,829 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

ރަޝިއާއިން ދުވަހުން ދުވަހަށް ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިވަގުތު މުޅި ދުނިޔެއަށް ވަނީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވައްތަރެއްގެ ސަބަބުން އިތުރު ބިރުވެރިކަމެއް ފެތުރިފައެވެ. މިބަލީގެ ސަބަބުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެފަދަ ހާލަތަކަށް ގޮސްފިނަމަ ކުރިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން އައި ގައުމުތަކަށް ވެސް އިތުރު ނުރައްކަލަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު