ޕެރޫ އަށް 7.5 މެގްނިޓިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާ ގޮތުގައި ޕެރޫގެ އުތުރުގެ ސަރަހައްދުތަކަށް ބިންހެލުން އައީ 7.5 މެގްނިޓިޓިއުޑް ބާރު މިނުގައެވެ. އެކަމަކު، ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނި ގޮތުގައި ބިން ހެލުން އައީ 7.3 މެގްނިޓިޓިއުޑް ބާރު މިނުގައެވެ.

މި ބިންހެލުން އައީ 112.5 ކިލޯމީޓަރު (70 މޭލު) އަޑިން ކަމަށް ވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ހާމަކުރެއެވެ.

ބިންހެލުމާ ގުޅިގެން އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

އަދި ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ވެސް ދީފައެއް ނުވެއެވެ.

ބިންހެލުން އައި ވަގުތު ނަގާފައިވާ ބައެއް ވީޑިއޯތައް މީސް މީޑިއާގައި މިހާރު ދަނީ އާންމުވަމުންނެވެ. އެގޮތުން އެއް ވީޑިއޯގައި ގެއެއްގައި މަތީގައި ހުރެ ނަގާފައިވާ ވީޑިއޯއަކުން އެ ގޭގައި ހުންނަ ޕޫލް ވަރަށް ބޮޑަށް ތެޅޭ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު