ބަދަލުތަކެއް އައިސް މިހާރު ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓް ޗެކް ރިޕަބްލިކުން ވެސް ފެނި، އެވޭރިއަންޓް ފެނުނު ޔޫރަޕްގެ ގައުމުތަކުގެ އަދަދު ހައަކަށް އަރައިފިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު އޮމިކްރޮން ވޭރިއަންޓަށް ފައްސިވެފައި ވަނީ ނެދަލޭންޑްސް އިންނެވެ. ނެދަލޭންޑްސްގެ އެމްސްޓަޑަމް އެއާޕޯޓަށް ދެކުނު އެފްރިކާ އިން ދިޔަ ފްލައިޓެއްގައި ތިބި 13 މީހަކު ވަނީ އޮމްކްރޮން ވޭރިއަންޓަށް ފައްސިވެފައެވެ.

ދެކުނު އެފްރިކާ އާއި، އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާގެ އިތުރުން ޔޫރަޕްގެ ހަގައުމަކުން މިހާތަނަށް އޮމިކްރޮން ފެނިފައި ވެއެވެ. އެއީ ނެދަލޭންޑް، ޑެންމާކް، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އިޓަލީވިލާތް އަދި ޗެކްރިޕަބްލިކެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާ އާއި އިސްރާއީލާއި ހޮންކޮންގުން ވެސް މިހާރު ވަނީ އޮމިކްރޮން ވޭރިއަންޓް ފެނިފައެވެ.

އޮމިކްރޮން ވޭރިއަންޓް ފެތުރެން ފެށުމުން މިހާރު ދެކުނު އެފްރިކާ އާއި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން ދަތުރު ކުރާ މީހުންނަށް ގައުމުތަކުގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. މިހާތަނަށް އެފްރިކާ އިން ދަތުރު ކުރާ މީހުންނަށް ބޯޑަރު ބަންދުކުރި ގައުމުތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން، ޖަޕާން، އޮސްޓްރޭލިއާ، އެމެރިކާ ކެނެޑާ، މޮރޮކޯ ރާއްޖެ އަދި ވެސް އިތުރު ގައުމުތައް ހިމެނެއެވެ.

އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގޮތުން އަދި މާގިނަ މައުލޫމާތެއް ނޭނގެއެވެ. މިއީ އަވަހަށް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރޭ، އަދި ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ވެސް އޮމިކްރޮން ފަސޭހައިން ޖެހިދާނެ ކަމަށް ބައެއް ސައިންސްވެރިން ލަފާކުރެއެވެ.

ނަމަވެސް މިވޭރިއަންޓްގެ ކޮވިޑް ޖެހުމުން އެހެން ވޭރިއަންޓްތަކުގެ ކޮވިޑަށްވުރެ ހާލު ބޮޑުވުން ފަދަ ކަމެއް ދިމާވާކަން އަދި ބުނާކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮމިކްރޯން

    ވަގުތޫ ނެދަލޭންޑްސް އިންވެސް

  2. ނަރުދޫ ހަސަނު

    ޔޫރަޕުގެ ގައުމެއްގަ ހުރި މީހަކު 72 ގަޑިއިރު ތެރޭގަ ކޯޓަށް ގެންނަނަމަ ދެންވާނީ ކިހިނެތް. 14 ދުވަސްކަރަންޓީނު ކޮބާ.