ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (ޕީ.އެމް.ޑީ).އާ ހަވާލާދީ އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސްވަޓް، ޕެޝާވަރު، ލޯވަރ ދިރް، ސްވާބީ، ނައުޝޭރާ، އިސްލާމްއާބާދު އަދި އެސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކަށްވެސް މި ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވުނެވެ.

ދުންޔާ ނޫހުން ބުނެފައި ވަނީ، މި ބިންހެލުމާއި ގުޅިގެން އެ ސަރަަހައްދުގައި ދިރިއުޅެމުންދިޔަ މީހުން ބިރުން އުޅުނު ކަމަށާއި، އެމީހުން ގެތަކަށް ވަދެ ފިލީ ކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ 180 ކިލޯމީޓަރު އަޑިއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު