އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އަމިއްލަ ޑްރައިވަރަށް އިތުރު ގަޑީގެ ފައިސާ ނުދިން މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ކޯޓަށް ހުށައެޅީ ޓްރަމްޕްގެ ޑްރައިވަރެއްގެ ގޮތުގައި ފަންސަވީސް އަހަރު ޚިދުމަތް ކޮށްފައިވާ ނޮއެލް ސިންޓްރޮން ނަމަކަށް ކިޔާ މީހެކެވެ.

"އަހަރެންނަށް މިދިޔަ ހަ އަހަރުގެ ތެރޭގައި އިތުރުގަޑީގެ ގޮތުގައި މަސައްކަތްކޮށް ފައިސާ ނުލިބޭ އެތަށް ހާސް ގަޑި އިރެއް އެބައޮތް " މީޑިއާތަކާއި ވާހަކަ ދައްކަވަމުން އޭނާ ބުނިއެވެ.

ޓްރަމްގެ ޑްރައިވަރު ބުނެފައިވަނީ، ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާއިރު ވަޒީފާއަށް ނުކުންނަން ޖެހޭ ކަމަށާއި އިތުރުގަޑި ނުލިބުނު އިރު، އެންމެ ފަހުން ފާއިތުވި ބާރަ އަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުމެއްވެސް ނުލިބޭ ކަމަށެވެ.

"މަސައްކަތް ނިންމާލެވެނީ ޓްރަމްޕް އާއި އާއިލާއިން ދެން އިތުރަށް އެދުވަހު ކުރައްވާނެ އިތުރު ދަތުރެއް ނެތުމާ ހަމައިން. ހަފްތާއަކު ފަންސާސް ފަސް ގަޑީއިރު މަސައްކަތް ކުރަން ޖެހުނު" އެނާ ބުންޏެވެ.

ނިއުޔޯކުގެ ސްޕްރީމް ކޯޓަށް ޓްރަމްޕް އޮގައިނައިޒޭޝަން އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާ ބޭނުންވަނީ ބަދަލެއްގެ ގޮތުން ދެ ލައްކަ ޑޮލަރު ހޯދުމަށެވެ.

މިއީ މިކަހަލަ މައްސަލަ އެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. ޓްރަމްޕްގެ ކުންފުނިން ފައިސާ ނުދައްކައިގެން ނުވަތަ ހަމަޔަށް ފައިސާ ނުދީގެން މީގެ ކުރިންވެސް އެތައް ފަރާތްތަކަކުން މައްސަލަ ޖައްސާފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު