ބުރްކީނާ ފާސޯގެ ރައީސް ރޮޗް މާކް ކަބޯރޭ އާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ވަޒީރުން ހައްޔަރުކޮށްފި އެވެ.

ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރައީސް ރޮޗް މާކް ކަބޯރޭ ހައްޔަރުކޮށްފައި ވަނީ އެގައުމުގެ އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިންނެވެ. އެމަނިކުފާނު ހިފަހައްޓާފައިވަނީ، ވެރިރަށް ވާގަޑޫގޫގައި ހުންނަ ގެކޮޅު ވަށައިގެން އާދީއްތަ ދުވަހުގެ ރޭ ބަޑީގެ ހަމަލާތަކެއް ދިން އަޑު އިވުނު ހާދިސާވެސް ފެންމަތިވެފައި ވަނިކޮށެވެ.

ބައެއް މަސްރަހުތަކުން ރިޕޯޓުކުރާގޮތުގައި އެގައުމުގެ ރައީސް ހައްޔަރުކުރީ އެގައުމަށް ބަޣާވާތެއް ގެންނަން އުޅޭކަމަށް ބުނެ އަޑުފެތުރިފައި ވާތީއެވެ.

މިއަދު ހެނދުނު، ރައީސްގެ ރިޔާސީ ހަށިފާރަވެރިންގެ ކާރުކޮޅުތަކަށް ބަޑިޖަހާ ހަމަލާތައް ދީފައިވާއިރު މި ހާދިސާގައި ލޭއޮހޮރުންތައްވެސް ވަނީ ހިނގާފަ އެވެ.

ރައީސް ކަބޯރޭ ދިރިއުޅުއްވާ ގެކޮޅުގެ މަތިން ހެލިކޮޕްޓަރެއް ގޮސްފައިވާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ބޮޑު ލޭއޮހޮރުމަކަށް ސަރަހައްދުގެ ރައްޔިތުން ކުރިމަތިލާންޖެހިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

2015 ވަނަ އަހަރުން ފެށިގެން ބުރްކީނާ ފާސޯގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކަބޯރޭގެ އިސްތިއުފާއަށް ގޮވައި އެތައް ސަތޭކަ ބަޔަކު ވަނީ ދާދިފަހުންވެސް މުޒާހަރާކޮށްފައެވެ. އެފަރާތްތަކުން ގޮވަމުން ދަނީ ކަބޯރޭ އަކީ ނިރުބަވެރިންނަށް ގައުމުގައި އުފަލާއިއެކު ދިރިއުޅުމުގެ ފުރުސަތުދޭ މީހެއް ކަމަށެވެ.

ގައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ވަނީ އެގައުމުގެ ސަރަހައްދުތަކުގައި ކާފިއު އިއުލާން ކޮށްފައެވެ. އަދި މުއާސަލާތީ ހިދުމަތްތައް ކަނޑާލައި އިންޓަނެޓްގެ ހިދުމަތްތައްވެސް އެގައުމުން މިހާރު ވަނީ ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީ12

    މިގައުމުގަ މިކަން ނުހިގައިފިއްޔާ ކިތައްމެހާވެސް ރަނގަޅު.އިބުރާހިމާއި އަންނި އުޅޭފާޑެއްދޯ

    8
    1
  2. އަހުމަދު އީސާ

    ތީ ކޮންތާކު އޮންނަ ކިހާ އާބާދީއެއް އޮތް ގައުމެއްތަ؟
    ތަންކޮޅެއް ތަފްސީލުކޮށް ލިޔެބަލަ. ލިޔުމުގައި ބުނަންއުޅޭ ވާހަކަވެސް މާބޮޑަކަށް ގެޓެއްނުވި.

    6
    1
    • ލައްޗެ

      އީސަ މެމެްބަރަކަށް ހޮވައިގެނ ދެން އަހަރެމެން މިކުރަނީ ކޮންކަމެއްތަ؟ އީސާ ދެން ހަސަންޓޭ ބުނި އެތި ކަލެއާދިމާލަށް ބުނަން އޮތީ.

  3. ހުސޭނުބެ

    އެފަރާތްތަކުން ގޮވަމުން ދަނީ ކަބޯރޭ އަކީ ނިރުބަވެރިންނަށް ގައުމުގައި އުފަލާއިއެކު ދިރިއުޅުމުގެ ފުރުސަތުދޭ މީހެއް ކަމަށެވެ.
    މިގައުމުގަވެސް ހައްދުފަހަނައެޅި ޕީޕީ ނިރުބަވެރިންނަށް ފުރުސަތު ދެންޔާ މިހެން ވެދާނެ. ޔާމިނު ޖަލަށްލާފަ ޕީޕީ އުވާލާ

    2
    1