އެމެރިކާއިން ފްރީޒްކޮށްފައިވާ އަފްޣާނިސްތާން ސަރުކާރުގެ ދިހަ ބިލިއަން ޑޮލަރު ދޫކޮށްލުމަށް ތާލިބާނުން އެދެފި އެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންގެ ޖަމާއަތުން ހޯދާފައިވާއިރު އެގައުމުގެ ސަރުކާރުގެ މިލްކުވެރިކަމުގައި އެހެން ގައުމުތަކުގެ ބޭންކުތަކުގައި ހުރި ފައިސާގެ ތެރެއިން އެމެރިކާއިން ފްރީޒް ކޮށްފައިވާ ދިހަ ބިލިއަން ޑޮލަރު ހޯދުމަށް ތާލިބާނުން މަސައްކަތް ފަށާފައިވަނީ ހުޅަނގުގެ ގައުމުތަކާއި އެކު މަޝްވަރާ ކުރިޔަށް ގެންދެން ހަމަޖެހިފައި ވަނިކޮށެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގެ އުސް ފަރުބަދަތަކުގެ މަތީގައި ހުރި ހޮޓަލެއްގައި މި ހަފްތާގެ އާދީއްތަ ދުވަހު ހުޅަނގުގެ ޑިޕްލޮމެޓިކުންނާއި އެކު މަޝްވަރާތައް ފަށާފައިވާއިރު މި ބައްދަލުވުންތައް ތިންދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށް އެ ޖަމާއަތުން ހާމަކުރެއެވެ.

މި ބައްދަލުވުންތަކުގައި އީޔޫ، އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް ބައިވެރިވާއިރު މިއީ ނޯވޭގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުތާޤީ ގެ އިސްނެންގެވުމުގެ މަތިން ތާލިބާނުން ކުރިޔަށްގެންދާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން ފްރީޒްކޮށްފައިވާ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްދިނުމަށް ތާލިބާނުންގެ މަންދޫބުން ޑިމާންޑް ކުރަމުންދެއެވެ.

ތާލިބާނުންގެ މަންދޫބު މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުށެއްނެތް އެތައް އަފްޣާން ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށާއި އެ ދަތިތަކުން އަރައިގަތުމަށް ބޭރު ގައުމުތަކުން ހިފަހައްޓާފައިވާ އެގައުމުގެ ފައިސާތައް ދޫކޮށްދިނުމަށް އެދޭ ކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި ތާލިބާނުން އެގައުމުގެ ވެރިކަން ކުރަމުންދާއިރު އެ ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ބުނެ އެމެރިކާ ހިމެނޭގޮތަށް ބައެއް ގައުމުތަކުން ވަނީ އެގައުމުގެ ފައިސާތައް ހިފަހައްޓާފައެވެ. ނަމަވެސް ތާލިބާނުން ބުނަމުން ދަނީ އެއީ ނިރުބަވެރި ޖަމާއަތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އސ

    ސުބުޙާނަﷲ، އެހެން ބައެއްގެ ދިހަ ބިލިޔަން ޑޮލަރު ހިފަހައްޓައިގެން، ކޮން ފަދަ ބޮޑު ލާއިންސާނީ އަމަލެއް

    21
    5
  2. ރަން ރީނދޫ

    މިއީ އަބަދުވެސް އެމެރިކާގެ ފާޑު. ކޮންމެވެސް ގައުމެއްގެ މުއްސަނދި ކަން ފޭރިގެން ކާބައެއް.

    14
    3
  3. ގައިދުރު

    ދޫ ކޮއްގެން ނުވާނެ،ތީ ތެރަރިސޓް ޖަމާއަތެއް

    8
    13
  4. ނުރަބޯ

    މިބައިގަނޑުގެ ލާރިއެއް ނުހުންނާނެ. ހުންނާނީ އެމެރިކާއިން އެމެރިކާ ބޭނުންވެގެން އެމެރިކާ ހެޔޮހިތުން މިއޮށްހާ ދުވަހު ދެމުން ދިޔަ އެހީ. އެ ދިނުމާ ނުދިނުން އެއި އެމެރިކާ ގެ ހައްގެއް. ތާލިބާން އަމިއްލަަ އަންބޮޑީގަ ބަދެގެން އުޅޭ ލާރިގަނޑެއް ކާލި ވާހަކައެއް ނޫން މީކީ.

    2
    4
  5. ހުސޭނުބެ

    އެމެރިކާގެ އަސްކަރީ ހުރިހާ ހަތިޔާރެއް އަނބުރާ ރައްދުކުރީމަ ލިބޭނީ. އެހެން ނޫނަސް ޓެރރިސްޓުންނަށް ދޭނެ ލާރިއެއް ނޯންނާނެ. ދެން ހުރޭ މަސް ނެތް ރާކަނި ތޮއްޓެއް ހިފައިން ހުންނަހެން ގައުމުގެ ހުންގާނުގަ ހިފައިން. ރައްޔިތުން ވަކިހިސާބަކަށް ފަގީރު ވާންފެށީމަ ތާލިބާނުންގެ ވެރިކަން ވެއްޓޭނެ އަނެއްކާވެސް ދޮން ފަތެއްހެން. ދެން ލަލަލާ

    2
    4
  6. އަލްޖިބްރާ

    ހުންނަ ހަޔާތްކުޑަކަން ބަލާބަލަ ލާރިއޭ ކިޔާއިރު. ނުލިބޭނެ! ޢަދި ދީލަތިކަމުން ދޭ އެހީވެސް އެއީ އަމިއްލަ ހައްގެއް ކަމަށް ހަދަން އެބަ އުޅެޔޭ ކަލޭމެން ޖަމަލުހުއިހިއްޕާފަ ހަކުރުވިއްކަަބަލަ

    2
    4