އިންޑިއާގެ ބެންގަލްގެ ބުރަދްވާން މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮވިޑް-19 ބަލި ޖެހިގެން ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ވާގޮތުން އެ ހާދިސާގައި މަރުވި މި ބަލި މީހާއަކީ ބުރަދްވާން ޑިސްޓްރިކްޓްގެ ރައްޔިތެއް ކަމަށްވާ އުމުރުން 60 އަހަރުގެ ސަންދްޔާ ރޯއީއެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.

އިސް ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އަލިފާން ރޯވީ މަދިރި ކޮއިލްއަކުން ކަމަށް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެއް އެނދު އަނދާފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާހިނގިއިރު ވޯޑުގައި އިތުރު ބަލި މީހުންވެސް ތިއްބެވެ. ނަމަވެސް އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބު ވަނީ ސަލާމަތް ކޮށްފައެވެ.

ދިޔަ އިތުރު ތިން ބަލި މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. އެ ވަރުން ވެސް އަނިޔާއެއް ނުލިބެއެވެ.

އެ ވޯޑުގައި ރޯވެފައި ވަނީ، މިއަދު ފަތިހު 5:00 ޖެހި ހާއިރުއެވެ. ޖެނެރަލް ވޯޑެއްގެ ގޮތުގައި ބޭނުން ކުރާ އެ ވޯޑްގައި އެވަގުތު ހަތަރު ބަލި މީހުން ތިބިއިރު، ތިން މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އެ ހާދިސާ ހިނގިކަން އެނގުނީ ކޮވިޑް ބަލި މީހެއް ކައިރީގައި ހުރި މީހަކު އެކަން ސްޓާފުންގެ ސަމާލުކަމަށް ގެނައުމުންނެވެ.

މީގެ ކުރިންވެސް އިންޑިއާގެ ހޮސްޕިޓަލްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު