ފުރާނައަށް ނުރައްކާ ބޮޑު، މަރުގެ އާ ބަލިމަޑު ކަމެއް ކަމަށްވާ "ނިއޯކޮވް" ޖެހޭ ތިން މީހުންގެ ތެރެއިން އެކަކު މަރުވާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކޮވިޑް-19 ނުވަތަ ސާސް-ކޮވް-2 އާއި ދާދި އެއްގޮތް އެހެން ނަމަވެސް ނުރައްކާ ބޮޑު މި ބަލި މަޑު ކަމުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޗައިނާގެ ވުހާން ސިޓީގެ ސައިންސްވެރިން ވަނީ ބުނެފައެވެ.

މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މާސް-ކޮވް އަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ. މިގޮތުން މީގެ ކުރިން މި ބަލި ދެކުނު އެފްރިކާއިން ފެނިފައިވާ ކަމަށާއި، މި ބަލި ފެނިފައިވަނީ ވާލުތަކެއް ޓެސްޓް ކުރި ކުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް ވެސް އެންމެ ފުރަތަމަ ފެނިފައިވަނީ ވާލުތަކުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން 2012 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު، މެދުއިރުމަތިން ވެސް މާސް-ކޮވް ވަނީ ފެނިފައެވެ.

މިހާތަނަށް މި ބަލި އިންސާނަކަށް ޖެހުނު ކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ސާސް-ކޮވް-2 އާއި އެއްގޮތަށް މި ބަލިމަޑުކަން ފެތުރި، އިތުރު ނުރައްކަލަކަށް ދުނިޔެ ހުށަހެޅިދާނެ ކަމުގެ ބިރު އޮތް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ޗައިނާގެ ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ނިއޯ-ކޮވް ޖެހިއްޖެ ނަމަ މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އެގޮތުން ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު މަރުވާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ ކޮވިޑް ބަލީގައި މަރުވާ މީހުންގެ އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

އިތުރު ބަލި މަޑު ކަމެއްގެ އިންޒާރު ސައިންސްވެރިން ދީފައިވާއިރު، 2019 ވަނަ އަހަރު ފެނުނު ކޮވިޑް-19ގެ ބަލި މަޑުކަން ވެސް ނިމިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ލޮލް

  ފުރާނަދާނީ ފުރާނަ ގެންދަވާ ފަރާތުން ގެންދެވީމަ...ކެސަނބުޅި ވާހަކަ ނުދައްކާ

  14
 2. މެޖިކްމޭން

  މިހާރު މުޅި ދުނިޔެ ހޭލަން ވެއްޖެ. މީ ޗައިނާ އިން މުޅި ދުނިޔެ ޗައިނާގެ ބާރު ދަށައް ގެންނަންވެގެ ޗައިނާއިން ހާވާ ހަޑިއެއް..ކުރިއަށް އޮތްތާ އަހަރުމެން ޖެހޭނީ އެމީހުން ބުނިވެކްސިނެއް ޖަހައިގެން ތިބެން...ވެކްސިން ޖަހާ ޖަހާ މިހާރު ރަނގަޅަށް ކޮޅުވެސްނުވޭ.

  1
  1
 3. ސޭޑު

  މިދިޔަ އަހަރުގެ މެއިމަސް، އެއީ މިރާއްޖޭގައި އެންމެ ގިނަ މީހުން ކޮވިޑު ބަލީގައި ނިޔާވި މަސް. އެހެންވީމާ ތިބުނާ ވައިރަހެއް ކިހާވަރެއް ކޮށްލާނެބާ؟

  1
  2
 4. ހޮކި

  ޗައިނާ މީހުން ކުރާ ވިޔަފާރި މިހާރު މި ޔަގީންވަނީ

 5. ނަގުލު ފިއްތި

  މުޅި ދުނިޔެއުން ވާލު ތަށް މަރާ ހުސް ކުރަންވީ

 6. Anonymous

  ބަލިމަޑުކަމެއް ހަނދާނެއް ނެތެއްނު.
  ކޮމަންޑޫ ގޮޑިނުލިބިގެން ވިއްޔަ އެންމެން ތެޅިބާލަނީ.
  ﷲއަށް ދުޢާކޮށް ޒިކުރުކޮށް މިސްކިތް ތަކުގައި ޤުނޫތު ކިޔާކަށް ނުވޭބާ

  12
 7. ގައުމު

  އަނެއްކާ އަނެއް ކުޅިވަރު ފަށާނީ.. ދުނިޔޭގައި ﷲ ސުބުހާނަހޫ ވަތަޢަލާ ބަލިތައް ޖައްސަވަނީވެސް ، ބަލިތަކަށްޝިފާ ދެއްވަނީވެސް. ސައިންސް ވެރިންނަށްވެސް ތިޔަ އިލްމު ދެއްވެވީ އެކަލާނގެ. ސައިންސްވެރިންނެއް ކަަމަކު އަބަދު ދުނިޔެ ބިރުވެރި ކަމުގައި ބާއްވަން ފާޑުފާޑުގެ ރަޢުޔު ނުނެރޭ..

 8. މަގޭ ހިޔާލު

  އެހެންވީރު ވާތަށް މަރަންވީނު ރާއްޖެތެރޭ ރަށްރަށުގައިވެސް ދިރިއުޅެން އުނދަގޫވާވަރަށް ވާއެބަ އުޅޭ އޭތިމެންގެ އާބާދީވެސް ކޮންމެ ރަށެއްގައި ވަކިވަރަކަށް ބެހެއްޓުން ރަނގަޅު

 9. ހަސް

  ކިހާދެރަކަމެއް އަދި ވުޖޫދުގަވެސް ނެތް ބައްޔެއް އިންސާނުންނަށް ނުވެސް ޖެހޭބައްޔެއްގެ ބިރު ތި ދައްކަނީ. މިހާރުވެސް މިތިބީ ކޮވިޑޭ މިކިޔާ ވިޔަފާރިން ދެއްކި ބިރުން ނާރައިގެން

 10. އަހައްމަދޫ

  މިހާރު ބަލިތައް އުފައްދަނީ. ދެން އެއަށް ޖަހަންޖެހޭ ވެކްސިންއޭ ކިޔާފަ ވެކްސިންތައް އުފައްދަނީ. މީބޮޑު ވިޔާފާރިއެއް . ޑަބްލިޔޫ އެޗް އޯ ވެސްމިކަމުގައި ޝާމިލުވޭ. ބޭކާރު އުވާލަން ވެފައި އޮތްތަނެއް އެއީ

 11. އާދަންބެ

  އަޅޭ ބިރުވެރި ދޯ. ނެތްތަ ދެން އެހެން ވާހަކައެއް ހުސޭނާ.