ދުބާއީ ކޯޕަރޭޝަން ފޯ އެމްބިއުލާންސް ސާވިސަސް (ޑީސީއޭއެސް) އިން ހުކުރު ދުވަހު ބޭއްވި އެކްސްޕޯ 2020 ދުބާއީގައި, ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ އަގުބޮޑު އެމްބިއުލާންސް ކަމަށްވާ "ހައިޕަރސްޕޯޓް ރެސްޕޮންޑަރ" ދައްކާލައިފިއެވެ.

މި އެމްބިއުލާންސް އަކީ ދުބާއީގެ ޑަބްލިއު މޯޓަރސް ކުންފުނީގެ އުފެއްދުމެކެވެ. ދުބާއީގެ އެކްސްޕޯ 2020ގައި ތައާރަފްކޮށްފައިވާ 'ހައިޕަރ ސްޕޯޓް ރެސްޕޮންޑަރ' އެމްބިއުލާންސްގެ އަގަކީ 3.5 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 54 މިލިއަން ރުފިޔާއެވެ.

DMO AMBULANCE-1643384431534

މިހާތަނަށް އުފައްދާފައިވާ ހަތް ލައިކަން ހައިޕަރސްޕޯޓް ކާރުގެ ތެރެއިން އެއް ކާރު ކަމަށްވާ 'ހައިޕަރސްޕޯޓް ރެސްޕޮންޑަރ' އަށް ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރުމިނަށް އެންމެ 2.8 ސިކުންތުގެ ތެރޭގައި އެކްސެލެރޭޓް ވުމުގެ ގާބިލްކަން ލިބިފައި ވެއެވެ. އަދި ގަޑިއަކު 400 ކިލޯ މީޓަރު ބާރު މިނުގައި ދަތުރުކުރުމުގެ ގާބިލްކަންވެސް މި އެމްބިއުލާންސަށް ލިބިފައި ވެއެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި އެމްބިއުލާންސްގެ ކުރިމަތީ ލެޑް ހެޑްލައިޓްތަކުގައި 440 އަލިމަސް ރޮނގަކަށް ވާނެހެން އަތުރާފައިހުރެއެވެ. އަދި ފުރާޅުގެ އެތެރެވަނީ ރަން ޕްލޭޓުން ޖަރީ ކުރެވިފައިވާއިރު، ގޮނޑިތަކުގައި ހުންނަނީ ރަން ކުލައިގެ ލެދާއެވެ.

World's fastest and most expensive ambulance responder launched in Dubai | Uae – Gulf News

ދުބާއީ ކޯޕަރޭޝަން ފޯ އެމްބިއުލާންސް ސާވިސަސް (ޑީސީއޭއެސް) ގެ ސީއީއޯ ޚަލީފާ ބިން ދަރާއީ ވިދާޅުވީ، "ދުބާއީ އަކީ ތަފާތު އަދި ދުނިޔޭގެ އެއްވަނައިގައި ތަފާތު ތަކެތި އުފައްދައިގެން ހިމެނިފައިވާ ގައުމަކަށް ވެއްޖެ،" ކަމަށެވެ.

މީގެއިތުރުން، މިކާރުގެ ސްޕީޑުންނާއި އަދި ލިބިފައިވާ އެހެނިހެން ގާބިލިއްޔަތު ކަމުން، އެމަޖެންސީގެ ހާލަތުގައި ވަގުތުން ވަގުތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަގުތު އެޑްމިން

    މަ ބޭނުން ތީގެ ޑްރައިވަރުކަން، މުސާރަ އެއް ބޭނުމެއް ނޫން

    3
    1
  2. ހުސެން

    ށ.ކޮމަންޱުޫ ކޮންމެ ގެޔަކަ ތީގެ ކާރެއް ނުދީފިޔާ ރަނގަލު

    12
    1
  3. ހުސޭނުބޭ

    ހުނ! ތި ނުވޭ އެއްޗަކަށް! ރާއްޖޭގައި ނަސީމުމެން ރަށްރަށަށް ފޮނުވާފައި ހުރީ އެންމެ ހަލުވި އެމްބިއުލާންސް. އެ ހުންނަނީ ބާ ދަގަނޑަށް ކިރަންޖެހޭވަރުވެފައި

    18
  4. 🙄

    ތި ބޭނުން ކުރެވޭތަ🤔

  5. އައްޑޫ ލެއި

    ނަމަނަމަ ތީ އައްޑޫ ސިޓީ އަށް ނުފޮނުވާތި. މިހާރުވެސް އޭއީއެޗް ގަ ޑްރައިވަރުން އިމަޖެންސީ ވަގުތު ތަކުގަ ނޫން ގަޑި ތަކަގަވެސް ބޮޑުމަގުން ދުއްވާފަ ދާއިރު 100އިންމަތީގަ. މީސް މީހުންގެ ގަޔަށް ވިއްސާރަ ދުވަސް ދުވަހު ޗަކަ ޖަހާލާފަ އާދައިގެ ދުވަހެއް ވީއްޔާ މުޅިމަގު ހިރަފުސް އަރުވާލާފަ ދުއްވަނީ

  6. Anonymous

    ކީއް ކުރާ އަލިމަސް ތަކެއް، ބަލިމީހާ ހިތް ރުއްސަން؟
    އިސްރާފު ކުރިޔަސް ބޮޑު ވަރު

  7. ހގ

    ތިޔަށް ބަލި މީހަކު ލެވޭ ތަ؟

  8. ސަރުދާރު

    ތިޔަ އެންބިއުލެންސްގައި ތިޔަ ސްޕީޑުގައި ދުއްވޭނެބާ ބަލި މީހަކު ގޮވައިގެން. އެސްޕީޑުގައި ދުއްވަނިކޮން އެކްސިޑެންޓް ވިޔާ ކިހިނެއްބާ ވާނީ؟