ރަޝިޔާ ސިފައިން އަތުން ޔޫކްރޭނުން އެއާޕޯޓް އަތުލައިފިއެވެ.

ޔޫކްރޭނުގައި އޮންނަ ހޯސްޓޮމެލް އެއާޕޯޓް ރަޝިއާ ސިފައިން އަރާ ހިފާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭން ސިފައިން އެއާޕޯޓް އަނބުރާ އަތުލައިގެންފައިވަނީ މިރޭ ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުއެވެ. އެކަން ޔޫކްރޭން ރައީސްގެ އެޑްވައިޒަރު ކަށަވަރު ކޮށްދެއެވެ.

"ސްކައި ނޫހުން" ބުނެފައިވަނީ އެއާޕޯޓް އަނބުރާ އަތުލުމުން ދައްކައި ދެނީ ރަޝިޔާ ހުރިހާ ބާރެއް އޮވެމެ، ރަޝިޔާގެ ޕްލޭނާއި އެއްގޮތަކަށް ހުރިހާ ކަމެއް ނުދާ ކަމަށެވެ.

ހޮސްޓޮމެލް އެއާޕޯޓަކީ ޔޫކްރޭންގައި އޮތް އެންމެ މުހިންމު ބައިނަލްއަގުވާމީ ކާގޯ އެއާޕޯޓެވެ. އަދި އެއީ އެގައުމުގެ މުހިންމު އަސްކަރީ މަރުކަޒެއް ވެސް މެއެވެ. ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓް "ދަ އެމްރިޔާ" ވެސް އޮންނާނީ އެ އެއާޕޯޓްގައެވެ.

ރަޝިޔާ ސިފައިންގެ އަތުން ޔޫކްރޭން ސިފައިން އެގައުމުގެ އެއާޕޯޓް އަނބުރާ އަތުލައިގެންފައިވާއިރު، ދެގައުމުގެ ހަމަލާ ބަދަލު ކުރުންތަކުގައި އަސްކަރީ ގިނަ ބޯޓުތަކެއް ވަނީ ވައްޓާލާފައެވެ. އޭގެ ތެރޭގައި ރަޝިޔާގެ ބައެއް ބޯޓުތަކާއި ޔޫކްރޭންގެ ބޯޓުތައް ވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެގައުމުން ދެމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް ޔޫކްރޭނުގެ 40 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެން ނަމަވެސް ރަޝިޔާއިން މަރުވެފައިވަނީ ތިން މީހަކު ކަމަށް އެގައުމާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު