ޔޫކްރޭންގައި ތިބި ގިނަ އަދަދެއްގެ ރަޝިއާ ސިފައިން އެގައުމުގެ އިތުރު ސިޓީއަކާއި ދިމާލަށް މިސްރާބު ޖަހަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ ސިފައިން ވަންނަން މަސައްކަތް ކުރަމުން އަންނަނީ އެގައުމުގެ މީކޮލައިވް ސިޓީއަށެވެ.

އެސިޓީއާއި ދިމާލަށް ރަޝިއާ ސިފައިން މިސްރާބު ޖަހަމުން އަންނަކަން ސިޓީގެ މޭޔަރު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ރަޝިއާގެ މީކޮލައިވް ސިޓީއަށް ރަޝިއާ ސިފައިން ވަންނަން މަސައްކަތް ކުރަމުން އަންނައިރު، ރަޝިއާއިން ކުރިން ބުނެފައިވަނީ އެގައުމުގެ ޚަސަން ސިޓީ ވެސް ހިފާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޔޫކްރޭނުން ބުނެފައިވަނީ ރަޝިއާ ސިފައިންނަށް އެސިޓީ ނުހިފޭ ކަމަށާއި ސިފައިން ތިބީ އެސިޓީ ވަށާލައިގެން ކަމަށެވެ.

މީކޮލައިވް އަކީ ގާތްގަނޑަކަށް ބައި މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މިވަގުތު ވެސް ޔޫކްރޭންގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެގޮތުން ސިފައިން މަސައްކަތް ކުރަމުން އަންނަނީ ޔޫކްރޭންގެ ގިނަ ސިޓީތައް ހިފުމަށް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރަޝިއާގެ ގިނަ ސިފައިން ޔޫކްރޭންގައި ތިބި ނަމަވެސް އެސިޓީގެ ދިފާއުގައި ސިފައިންނާއި އާންމުން ވަނީ ނިކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު