ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ މަރިއުޕޮލް ސިޓީގެ ތިން ލައްކައާއި ގާތްކުރާ އަދަދެއްގެ މީހުން ފެނަށް ޖެހިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ޔޫކްރޭންގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑިމިޓްރޯ ގުރިން ބުނެފައިވަނީ ރަޝިއާއިން މަސައްކަތް ކުރަމުން އަންނަނީ މަރިއުޕޮލްގައި ތިބި އާންމު ރައްޔިތުން ބަނޑަށް ޖައްސާލުމަށް ކަމަށާއި ހަމަލާތަކުގެ ސަބަބުން އެސަރަހައްދުގައި ފެން ހުސްވެ، ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އޭނާ ބުނީ، މީގެ ކުރިން އެސިޓީން ފެނިގެން ދިޔަ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އިތުރުން އެހެން ތަންތަން ސުންނާފަތި ކޮށްފައިވާ މަންޒަރު ބަލަން އުނދަގޫ ކަމަށެވެ.

"ސިޓީގެ ކުރީގެ ހަނދާންތައް ވަނީ ހަލާކު ކޮށްލާފައި. އެއީ އަޅުގަނޑުގެ އިހުސާސްތައް. އެތަނުގައި ތިބި 300،000 މީހުން މިހާރު ތިބީ ހާލުގައި ޖެހިފައި. އެމީހުންނަށް ކަރަންޓެއް، ހޫނު ފެނެއް، ބޯނެއް ފެނެއް ނުލިބޭ. އެހާލަތުގައި ސިޓީ އޮތްއިރު ވެސް ރަޝިއާއިން ދަނީ ހަމަލާތައް ދެމުން" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ ހަނގުރާމަ ފެށުނު ފަހުން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވަނީ މަރިއުޕޮލް އަށް ކަމަށާއި ސިޓީގެ ގިނަ ތަންތަން ސުންނާފަތި ކޮށްލާފައިވާއިރު، ރަޝިއާއިން ބޭނުން ވަނީ ރައްޔިތުން ބަނޑަށް ޖައްސާލުމަށާއި އެގައުމުން އާންމުން ރައްކާތެރި ހިސާބުތަކަށް ދިއުމުގެ ފުރުސަތު ވެސް ނުދޭ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރޭން ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެގައުމު ދޫކޮށް 3.5 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބީބު.

    އަދިވެސް ޔޫކުރޭނުގެ ބޯހަރު ސިފައިން އަ މާންނުދީ އެތިބީ ކަލޭ މެން މަރަން ވީ މާ ތިކަ މުގެ ޒިން މާ ނަގަންޖެހޭނީ ނޭތޯ އެ މެރިކާ ޔޫކްރޭނުގެ ރައިސް ރަޝިޔާގެ ފުޅައްބުޑައް ހަތިޔާރު ޖަ މާކުރީ މަ ވާގޮތްތީ

    • ޢަހުމަދުވަގާރު

      ކަލޭ އިންޑިޔާ ސިފައިންނަށް އަމާން ދޭނަންތަ؟