00:06

ޓޭންކަރު ހަވާލު ކުރާ ރަޝިއާ ކޮންމެ ސިފައިނަކަށް ޔޫކްރޭނުން ދިހަހާސް ޑޮލަރު!

17:35

ރަޝިއާއިން ޔޫކްރޭންގެ 2،389 ކުދިން ރަހީނު ކޮށްފައިވާ ކަމަށް ޔޫކްރޭނުން ބުނެފި.

17:09

ޔޫކްރޭންގެ ބޮރީސްޕިލް ސިޓީގެ ރައްޔިތުން އެސިޓީ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ސިޓީގެ މޭޔަރު ގޮވާލައިފި.

17:00

ޔޫކްރޭންގައި ހުންނަ ޗަނޮބީލް ނިއުކްލިއާ ޕްލާންޓް ކައިރީގައި ބޮޑު އަލިފާން ގަނޑެއް ރޯވެފައިވާ ކަމަށް އެގައުމުން ބުނެފި.

15:02

ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ މަރިއުޕޮލް ސިޓީގެ ތިން ލައްކައާއި ގާތްކުރާ އަދަދެއްގެ މީހުން ފެނަށް ޖެހިފައިވާ ކަމަށް އެގައުމުން ބުނެފި.

11:26

ރަޝިއާގެ ސިފައިން ޔޫކްރެއިން އަށް އަރާ ހިފި އަވަށެއް، ޔޫކްރެއިންގެ ސިފައިންގެ ބާރުގެ ދަށަށް އަލުން ގެންގޮސްފި.

11:25

ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިން ދިން ހަމަލާއެއްގައި ރަޝިއާގެ އަސްކަރިއްޔާގެ ޑެޕިއުޓީ ކޮމާންޑަރަކު މަރާލައިފި.

11:05

ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިފަހުން ޔޫކްރޭންގެ 900 ވަރަކަށް ރެފިއުޖީން ބްރެޒިލަށް ގޮސްފައިވާ ކަމަށް ބްރެޒިލުން ބުނެފި.

10:38

ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރާނީ ފެންނަ ނުފެންނަ ވޯޓަކަށް ފަހު - ޒެލެންސްކީ

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދެމުން އަންނަތާ މަސް ދުވަސް ވާން ކައިރިވެފައި ވާއިރު އެންމެ ފަހުގެ ސެޓްލައިޓް ފޮޓޯތަކުން ވެސް ފެންނަނީ ޔޫކްރޭނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި އެތައް އިމާރާތެއް ސުންނާފަތިވެފައިވާ މަންޒަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާ ސިފައިންގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އެއްސިޓީ އަކީ ވެރިރަށް ކިއޭވް އެވެ. ކިއޭވްގެ އާއްމުން ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގްތަކާއި ސަރުކާރުގެ އޮފީސްތައް ހިންގާ އެތައް އިމާރާތެއް ވަނީ ރަޝިއާ ސިފައިންގެ ހަމަލާތަކުގައި ސުންނާފަތިވެފައެވެ.

އޭގެ އިތުރު ޚަރްކީވް އާއި ސަމީ އަދި މެރިއުޕޮލް ފަދަ ސިޓީތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މެރިއުޕޮލް އަށް ކޮންމެ 10 މިނެޓަކުން ބޮން އަޅަމުން އެބަގެންދާ ކަމަށް ޔޫކްރޭންގެ އޮފިޝަލުން ބުނެއެވެ. ރަޝިއާ ސިފައިން އެންމެ ހިފަން ބޭނުންވާ ސިޓީތަކުގެ ތެރޭގައި މެރިއުޕޮލް ހިމެނެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާގެ ހަމަލާތަކުގައި ޔޫކްރޭނުން މަރުވި އާއްމުންގެ އަދަދު މިހާރު 900 އަށް ވުރެ ގިނައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް ރަޝިއާ ސިފައިންގެ ލަޝްކަރުތަކަށް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެވެއެވެ. ޔޫކްރޭން ސިފައިން ދަނީ ރަޝިއާ ސިފައިން ހުއްޓުވުމުގައި ކާމިޔާބީތައް ހޯދަމުންނެވެ.

ރަޝިއާ އާއި ޔޫކްރޭން މަސްރަހުގެ ފަހުގެ ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރެފްރީ

    އެމެރިކާއާއި ޔޫރަޕުން ދަރުއަޅާހާހިނދަކު ތިޔަތަން ނިއްވައެއްނުލެވޭނެ.. ޒެލެންސްކީ މިހާރުއެހެރީބޯގޮވާފަ. ޒެލެންސްކީއަށްހީވާކަހަލަ އެމެރިކާއިން ހިތްވަރުދީފާ ޔުކްރޭނުމަތީ އެކަތައިގެފަށަލައެއްލާދޭހެން ؟

  2. ރަގަޅު

    ‎الحمدلله މަންޒަރުވަރައް އުފާވެރި.

    5
    2
  3. ސޯބައިޑެން

    ހުޅަނގުން ބޭނުންވާ ގޮތަކީ އެއީ. ކުޅިބަލަން ތިބެ އަތްޖެހުން.

  4. އެންޓި ވަރިހަމަ

    ޒެލެންސްކީ ވަނީ އިޒްރޭލްގެ ބެނެޓްއަށް ދެބައި މީހުން ގުޅިގެން މަސައްކަތްކުރުމަށް އެދިފައި.އަދި
    2 ބައިމީހުންނަށް ޖެހިފައިވަނީ އެއްމުސީބާތެއް
    ކަމަށް ބުނެފައި..ފަލަސްތީނަކީ ޓެރަރިޒަމް އުފައްދާ
    ބައެއްގެގޮތުގައި ޒެލެންސްކީ ވަނީ ކުރިންވެސް ބުނެފައި..އަދި އިޒްރޭލުން ހަމަލާދެނީ ސެލްފް ޑިފެންސްގެ ގޮތުގައި ކަމަށްވެސް ބުނީމީނާ...އެއްވެސް މުސްލިމަކު މީނާއަކީ ބަތަލެއް ކަމަށް ބުނެގެން ނުވާނެ...

    • ޢަހުމަދުވަގާރު

      މުސްލިމުން މާގިނަ މުސްލިމުން މަރާ.އައިސިސް

      1
      1
  5. ތުއްތުނާ

    އަމިއްލަގައުމުގެރައްޔިތުން ހިސޯރިކޮށްފަ ބައިތިއްބައިގެން ރަޝިޔާސިފައިންލައްވާ އެމީހުންމަރާހުސްކުރުވަމުންއެގެންދަނީ އެމެރިކާގެލަފަޔަށް އިޒުރޭލުގެޔަހޫދީންނަށްް ޔުކްރޭނުގެބިންހުސްކޮށް ސާފުކުރުވަންވެގެން.. މުސްތަގުބަލުގަ އެބިންތަކުކާދިރިއުޅެން ޔަހޫދީންއެތިބީ ފޫގަޅައިގެން..

  6. މީމު ހާ

    ފެންނަނީ ސީރިޔާ ފަދަ އިސްލާމީ ޤަވްމުތައް ފުނޑާލުމުގައި ބައިވެރިވި ޔޫކްރޭނު ވެސް ފުނޑިގެން ދާންޖެހިދާނެކަން ދެއްތޯ؟

  7. Anonymous

    ވަގުތުން ހާދަހާ ދެރަވެ ޙަމްދަރުދީއެއް ޣައިރު މުސްލިމުންގެ މައްޗަށް ތިވަނީ.
    ކޮންމެ ދުވަހަކުހެން މުސްލިމު ޤައުމުތަކުގެ ރައްޔިތުންނަށް ޙަމަލާދީ ސުންނާފަތިކުރަމުންދާއިރު ލައިވް ބްލޮގެއް ހަދައިގެން އެކަން ނުގެނެސްދެނީ ކީއްވެބާ.
    ކުޑަކުޑަ ޚަބަރަކުން އެކަން ނިންމާލަނީ
    ކޮންމެ ދުވަހަކު ޔަހޫދީންކުރާ ކަމަކަށްވާތީ ބޮޑުކަމަކަށް ނުވަނީ. އަދި އާދައިގެ ކަމެއްގެ ގޮތުގައި ދެކެނީ.

    • ސަންފަ

      ކޮންމެ ކަމެއްވެސް އާދައަކަށްވީމަ ޚަބަރުތަކެއް ނުގެނެސް ދޭނެ . ޢިޒްރޭލުން ފަލަސްތީނަށް އަނިޔާ ދިނުމަކީ އާދައަކަށްވެފައިވާ ކަމެއް . މިކަމަކީ އަދި އާކަމެއް އެހެންވީމަ ތޯއްޗެ ގެނެސްދެނީ .

      1
      1
  8. ނަމަނަމަ

    ފަލަސްތީން ތި ޙާލުގަ އޮތްތަން ދެކުނީ ކިތައް މީހުންބާ؟