ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިން ދިން ހަމަލާއެއްގައި ރަޝިއާގެ އަސްކަރިއްޔާގެ ޑެޕިއުޓީ ކޮމާންޑަރަކު މަރާލި ކަން ރަޝިއާ އިން ފުރަތަމަ ފަހަރަށް ޔަގީންކޮށް ދީފިއެވެ.

ރަޝިއާ ދައުލަތުން ކޮންޓްރޯލް ކުރަމުން އަންނަ ޓީވީ ސްޓޭޝަނެއް ކަމަށްވާ އާރުޓީ އިން ބުނެފައި ވަނީ ޔޫކްރެއިންގެ މަރިއޮޕޮލްގައި ހުއްޓާ މަރާލާފައި ވަނީ ޑެޕިއުޓީ ކޮމާންޑަރު އެންޑްރޭ ޕަލީ ކަމަށެވެ. އޭނާއަކީ ރަޝިއާގެ ބްލެކް ސީ ފްލީޓުގެ ކޮމާންޑަރު ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ކޮމާންޑަރު މަސައްކަތް ކުރަމުން ދިޔައީ މަރިއޮޕޯލްގައި ތިބި ރަޝިއާ ސިފައިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ޔޫކްރެއިންގެ އަސްކަރީ ސިފައިން، މިހާތަނަށް ރަޝިއާގެ އަސްކަރިއްޔާގެ ފަސް މޭޖަ ޖެނެރަލުން ވަނީ މަރާލައިފައެވެ.

މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ އިން ޔޫކްރެއިނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ އަށް މަހެއްވާން ކައިރިވެފައިވާ އިރު، ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރާލައިފައެވެ. އަދި ރަޝިއާ އިން ގެންގުޅޭ މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރާއި ޓޭންކު ފަދަ އެތައް އެއްޗެއް ވަނީ ހަލާކުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު