ޔޫކްރޭންގައި ހުންނަ ޗަނޮބީލް ނިއުކްލިއާ ޕްލާންޓް ކައިރީގައި ބޮޑު އަލިފާން ގަނޑެއް ރޯވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުން ބުނެފައިވަނީ އަލިފާން ރޯވާން މެދުވެރިވި ކަމަށް ބެލެވެނީ ރަޝިއާއިން ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަމަލާތަކުގެ ސަބަބުން ރޯވެފައިވާ އެސަރަހައްދަކީ ރަޝިއާއިން ބާރު ހިންގަމުން އަންނަ ސަރަހައްދެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނިއުކްލިއާ ޕްލާންޓް ވަށައިގެން 7 ސަރަހައްދެއްގައި ވަނީ ބޮޑު އަލިފާން ގަނޑެއް ރޯވެފައެވެ.

ރަޝިއާ ސިފައިން ވަނީ ޔޫކްރޭނަށް އަރައިގަތުމުގެ ކުރިން އެމީހުންގެ އަށްދަށު ކޮށްފައިވާ ޗެނޮބީލް ނިއުކްލިއާ ޕްލާންޓް ކައިރީ ބޮޑު އަލިފާން ގަނޑެއް ރޯވުމާއި ގުޅިގެން މިހާރު އެގައުމަށް ވަނީ ރޭޑިއޭޝަން ލީކުވުމުގެ ބިރުބޮޑުވެފައެވެ.

ރަޝިއާ ސިފައިންގެ އަށްދަށު އެ ނިއުކްލިއާ ޕްލާންޓް ހުރުމުން އެތަނަށް ވަމުންދާ ގޮތް ރަޝިއާ ސިފައިން ބަލަމުން ނުދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަރީނާ

    ދެންތިޖެހުނީފެންނަނުފެންނަވޯޓެއްނަގަން