ރަޝިއާއިން ޔޫކްރޭންގެ 2،389 ކުދިން ރަހީނު ކޮށްފައިވާ ކަމަށް ޔޫކްރޭނުން ބުނެފިއެވެ.

ޔޫކްރޭންގެ ފޮރިން މިނިސްޓްރީން ބުނީ، ހަނގުރާމައިގެ ތެރޭގައި ރަޝިއާ ސިފައިން އެގައުމުގެ ޑޮނެޓްސްކް އަދި ލުހަންސްކް ސަރަހައްދުން ގިނަ އަދަދެއްގެ ކުޑަކުދިން ރަހީނު ކޮށްފައިވާ ކަމަށެވެ.

ޔޫކްރޭންގެ ވެރިރަށް ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ރަޝިއާ ސިފައިން ކުޑަ ކުދިން ރަހީނު ކުރި މައްސަލަ ކުށްވެރި ކޮށްފައެވެ. އަދި އެ އެމްބަސީން ބުނެފައިވަނީ ކުޑަކުދިން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ ނިޔަތުގައި އެހީ ވަނީ ނޫން ކަމަށެވެ.

އެމްބަސީން ބުނެފައިވަނީ މިހާތަނަށް 2،389 ކުދިން ރަހީނު ކޮށްފައިވާ ކަމަށާއި ގަދަ ބާރުން އެކުދިން ގެންގޮސްފައިވަނީ ރަޝިއާއަށް ކަމަށެވެ.

ރަޝިއާއިން ޔޫކްރޭންގެ 2،389 ކުދިން ރަހީނު ކުރި ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ ކިތަށް އަންހެން އަދި ފިރިހެން ކުދިން ކަމެއް އެނގިފައެއް ނުވެއެވެ. އަދި ކުދިންގެ އުމުރު ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަލާދަނޑީގެ ދެކޮޅު

    ވަރިހަމަ ތިކުރިކަމުގެ ސަބަބުން ރަޝިއާ ކުއްވެރި
    ނުކުރާނަން..ތިކަމުގެ އަޑިނޭގޭ ކަމެއްވެސް އޮވެ ދާނެ ފޮރުވިފައިވާ...މޮރިޕޯލްގެ ސިޓީ ރަޝިއާ ސިފައިން ހިސޯރުކުރުމުން އެތާގެތިބި ޔޫކްރެއިން ސިފައިން ބިރުން ރައްޔިތުން އަމާންދޭންއުޅުމުން
    ގަދަބާރުން ރައްޔިތުންނަށް ބިރުދައްކާ އަނިޔާކޮށް
    ކަންތައްކުރާކަމަށްވެސް ހަބަރު އެބަލިބޭ..

    3
    1
  2. ސެލް

    ކީކޭ ބުނާނީ އަޅެ 🤦‍♂️ ތަންކޮޅެއް ތެދު ހަބަރު ތަރުޖަމާ ކުރަން ދަސްކުރަން ވެއްޖެނުން 🙄

    3
    1
    • ޜަޟީ

      ދެން ތެދަކީ ކޮބާ

  3. ކަހުރަބު

    ތީ ދޮގެއް 2391 ކުދިން

    1
    1