ޓަައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް އަންނަ ބިންހެލުންތަކުގެ މައުލުމާތު އާންމު ކުރާ އިދާރާއެއް ކަމަށްވާ ޔޫއެސްގީއެސް އިން ބުނެފައިވަނީ ޓައިވާނަށް ދެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެއް ބިންހެލުން އައިސްފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ހުއަލިއެންގެ 63 ކިލޯ މީޓަރު ދުރުން 6.9 މެގްނިޓިއުޑް ބާރުމިނުގައެވެ.

ދެވަނަ ބިންހެލުން އައިސްފައިވަނީ ހުއަލިއެންގެ 70 ކިލޯ މީޓަރު ދުރުން 6.6 މެގްނިޓިއުޑް ބާރުމިނުގައެވެ.

މިބިންހެލުންތަކުގެ ސަބަބުން މިހާތަނަށް އެގައުމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، 2016 ވަނަ އަހަރު ޓައިވާނުގެ ދެކުނަށް އައި 7.3 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ. އަދި 1999 ވަނަ އަހަރު އައި ބިންހެލުމުގައި 2،000 ވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ.