ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދިނުމަށް ބޭނުން ކުރާ ޓޭންކަރުތައް އަމިއްލަށް ޔޫކްރޭން ސިފައިންނާއި ހަވާލުކުރާ ރަޝިއާގެ ކޮންމެ ސިފައިންގެ މީހަކަށް ދިހަހާސް އެމެރިކާ ޑޮލަރު ދޭނެ ކަމަށް ޔޫކްރޭނުން ބުނެފިއެވެ.

ޔޫކްރޭންގެ އިންޓީރިއާ މިނިސްޓްރީގެ އެޑްވައިޒަރ ވިކްޓޯ އެންޑްރުސިވް މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ރަޝިއާ ސިފައިންގެ އަތުގައި ހުރި ހަތިޔާރުތައް ޔޫކްރޭން ސިފައިންނާއި ހަވާލު ކުރުމުން ބަދަލުގެ ގޮތުގައި ފައިސާ ދެމުން ގެންދާ ކަމަށެވެ.

ހާއްސަކޮށް ޓޭންކަރު ހަވާލު ކުރާ ސިފައިންނަށް ދިހަހާސް އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް ދޮޅުލައްކަ ރުފިޔާ) ދެމުން ގެންދާކަން ވިކްޓޯ ކަށަވަރު ކޮށްދިނެވެ.

ވިކްޓޯ ވިދާޅުވީ ޔޫކްރޭންގެ ސިފައިންނަށް ރަޝިއާ ސިފައިން ފޯނުކޮށް، އެމީހުން ހަތިޔާރުތައް ޔޫކްރޭނާއި ހަވާލު ކުރަން ބޭނުންވާ ކަމަށް ބުނެފައިވެސްވާ ކަމަށެވެ. މިހާރު ޔޫކްރޭންގެ އިންޓެލިޖެންސް އެޖެންސީން ވަނީ ރައްކާތެރިކަމާއިއެކު ރަޝިއާ ސިފައިންނަށް ޔޫކްރޭން ސިފައިންނާއި މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސާ ހަތިޔާރުތައް ހަވާލު ކުރުމުގެ ކަންކަން އިންތިޒާމް ކޮށްފައި ކަމަށް ވެސް ވިކްޓޯ ވިދާޅުވިއެވެ.

"ހަތިޔާރު ހަވާލު ކުރަން އަންނަ ރަޝިއާގެ ސިފައިންގެ ހާލަތު ފުރަތަމަ ބަލަނީ ޑްރޯން މެދުވެރިކޮށް. ޑްރޯން އިން އެމީހުންގެ ކަންކަން ބެލުމަށް ފަހު ޔޫކްރޭން ސިފައިންނަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު ނޫނީ މިކަން ކުރިއަކަށް ނުގެންދަން." ވިކްޓޯ ވިދާޅުވިއެވެ.

ވިކްޓޯ ބުނީ ރަޝިއާ ސިފައިންގެ އަތުން ކާބޯތަކެތި ވެސް ހުސްވެ، ހަނގުރާމަ އައިގެން ކުރިއަށް ދިއުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

ގިނަ މީހުން ކުރިން ލަފާކުރިވަރުގެ ކާމިޔާބެއް ރަޝިއާ އަށް އަސްކަރީ ގޮތުން ޔޫކްރޭންގެ މައްޗަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ރަޝިއާގެ އަސްކަރީ ގާބިލްކަމާއިމެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރަޝިއާ އާއި އަޅައި ބަލާއިރު ޔޫކްރޭނަކީ ސިފައިން މަދު، އަސްކަރީ ވަސީލަތްތައް ވެސް މަދު ގައުމެކެވެ. ނަމަވެސް އަދިވެސް ރަޝިއާ ސިފައިންނަށް ހިފިފައި ވަނީ ޔޫކްރޭންގެ މަދު ސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދާނު

    އަނެއް ގޭސް ގަނޑު. ނަޝީދަކީ މީނާއަކީ ނެތެއްނޫން ތަފާތެއް ރަޝިޔާގަ ކާއެއްޗެހި ވެސް ހުސްވީ ދޯ. ދެން ކީކޭބުނާނީ ތަންކޮޅެއް ބޮޑުވަރު. ޔޫކުރެއިން ގެ ބޮޑުންނަށް ހީވަނީ ރަޝިޔާ ގަ އުޅެނީ ހުސް އިބޫ އާ ނަޝީދު އާ މާރިޔާ އާ އިމްރާނު މެންކަމަށް ދޯ.

    23
    5
    • ޢަހުމަދުވަގާރު

      ކީޔާނެ އެއްޗެއް ނޭގި ގެން ރާޑި އަރުވަނީ.ދެރަވޭ ދޯ ރަށިޔާ ބަލިވާތީވެ

      6
      9
      • ރަން

        ރަޝިއާ ބައްޔެއްނުވާނެ
        ތީ ހީވާ ގޮތް
        ނިކަން ބަލަން ހުރޭ

      • ޖަވާދު

        ހަޖަމް ކޮށްލާ. ކިޔާނެ އެއްޗެއް ނޭނގިގެން އަހަރެމެން އުޅޭކަށް ނުޖެހޭ އައްނި އާ އިބޫމެން ކަހަލަ ގައްދާރުން އުޅެންޏާ. އައްނި. އިބޫ. މާރިޔާ. ޝާހިދު. އިމްރާނު. އީވާ. ހަސަން ލަތީފު މެން ކަހަލަ އިންޑިއާގެ ޕަޕެޓުން ކުޑުލާރިކޮޅަކަށް އިންޑިއާ އަށް ރާއްޖޭގެ ރައްތައް ވިއްކާލި ގޮތަށް ރަޝިޔާ މީހުން ނޫޅޭ ލާރިކޮޅަކަށް ރަޝިޔާ ކިއްކާލާކަށް. މޑޕ ގެ ބޮޑުންނަކީ ގައްދާރުން އަނިޔާވެރިން. ދިވެހި ރާއްޖެއާ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން. އެވެރިން ހެޔޮ އެދެނީ ހިންދޫ އިންނާ ޔަހޫދީންނަށް

        • ޢަހުމަދު

          ޙައްހައްހާ.ޔާމީނެއް ނޫންތޯ ވިއްކާލީ

  2. Anonymous

    ރަޝިއާ އިން ޔުކްރޭނުގެ އާންމުންނަކަށް ޓާގެޓެއް ނުކުރޭ. އާންމުންގެ އިމާރާތްތަކަށް އެޓޭކް ދެނީ އެތަންތަނުގައި ތިބެގެން ރަޝިއާގެ މީހުނާ ދިމާލަށް ބަޑި ޖެހީމަ. ހުޅަނގުންބހިންގާފޭކު ބްލޮގު ތަކުގަ އެބައިން ލިޔެފަ، ޓޭންކަރާ ވެޕަންތައް ހަވާލުކުރީމަ 10،000 ޑޮލަރު އެމީހަކަށް ދޭނެ ކަމަށާ އަދި ސިޓިޒެންޝިޕްވެސް ދޭނެ ކަމަށް. މިޝާ ކިޔާ ރަޝިއާގެ ސިފައިންގެ މީހަކަށް ހަނގުރާމަ ނިމުނީމަ މިބުނި އިނާޔަތްތައް ދޭނެ ކަމަށް. މިވާހަކަތައް އަދި އޮތެންޓިކެއް ނޫން.

    9
    3
    • ޢަހުމަދުވަގާރު

      މުސްލިމުން މާގިނަ މުސްލިމުން މަރާ. މީހަގީގަތް

      2
      2
      • ހަމީދު

        ޔަހޫދީ ޒެލެންްސްކީ އިޒްރޭލާ އެމެރިކާ އާއި އެއްބާއި ވެގެން ޔޫކުރެއިން ގެ ވަށާއިގެން ހުރި ބިންތަކުގައި އުޅޭ މުސްލިމުންނާއި ނަސާރާ އިން މަރަމުން ދަނިކޮށް ރަޝިޔާ އިން ޔޫކުރައިން އަށް އަރައިގަތީ. އެކަމަކު ޔަހޫދީ ޒެލެންްސްކީ ހީރޯއަކަށް ވެގެން އުޅޭ ބަޔަކުވެސް އެބަ އުޅޭ. މީގެ 2 ދުވަސް ކުރިން ނޫންތޯ ޒެލަންްސްކީ އޮންލައިންކޮށް އިޒްރޭލް ގަ ބޭއްވި ބައްދަލުވުމެއްގަ ފަލަސްތީނާ ދެކޮޅަށް އަޑުއުފުލީ.

  3. ވިކިލީކުސް

    ރަޝިއާގެ އަސްކަރީ ގާބިލްކަމާއިމެދު ޝައްކެއް އޮތްނަމަ ހުޅަނގުން މިހާރު ރަޝިއާ ކުޑަކަކޫ މައްޗަށް ތިރިކޮށް ޔުކްރޭނު ނޭޓޯއަށް ވެއްދީސް. ރަޝިއާ އިން ޔުކްރޭނުގެ އާންމުންނަކަށް ޓާގެޓެއް ނުކުރޭ. އާންމުންގެ އިމާރާތްތަކަށް އެޓޭކް ދެނީ އެތަންތަނުގައި ތިބެގެން ރަޝިއާގެ މީހުނާ ދިމާލަށް ބަޑި ޖެހީމަ. ހުޅަނގުންބހިންގާފޭކު ބްލޮގު ތަކުގަ އެބައިން ލިޔެފަ، ޓޭންކަރާ ވެޕަންތައް ހަވާލުކުރީމަ 10،000 ޑޮލަރު އެމީހަކަށް ދޭނެ ކަމަށާ އަދި ސިޓިޒެންޝިޕްވެސް ދޭނެ ކަމަށް. މިޝާ ކިޔާ ރަޝިއާގެ ސިފައިންގެ މީހަކަށް ހަނގުރާމަ ނިމުނީމަ މިބުނި އިނާޔަތްތައް ދޭނެ ކަމަށް. މިވާހަކަތައް އަދި އޮތެންޓިކެއް ނޫން.

    13
    3
  4. ހަބަރުދާރު

    ބަލަ އެ މެރިކާވެސް ސައްދާ މު ހުރިތަނެއް ބުނި މީހަކައް މިލިޔަން މމމ މިލިޔަނުން އަގުކިޔާފަ މައުލޫ މާތު ދިން މީހާވެސް މަރާލީ އެހެން ނޫނަސް ރަޝިޔާ ސިފައިންނަކީ ނަފްސާނީ ގޮތުންނާ ދުޅަހެޔޮކަ މުން ވަކި މިންގަނޑަކައް ފެތޭބައެއް އެމެރިކާ ހާއިނުންނާ ޔޫކްރޭނު މަރުމޯލުން ކަހަލަ ބައެއްނޫން

    8
    3
  5. ޢަޒު

    ކުރިސްޓިއަންދެ. ޣގައުމު ހަނހުރާމަ ކުރަނީ

    7
    1
    • ޖަވާދު

      ޔޫކުރެއިން އަކީ ޔަހޫދީ ދައުލަތެއް. ޒެލެންްސްކީ އަކީ އަސްލު ޔަހޫދީއެއް. އެހެންވެތާ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ދުނިޔެ ކުޑަކޮށްލާއިގެން އެއުޅެނީ. ފަލަސްތީނުގަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގަދަ ބާރުން ގާއިމު ކޮއްފައިވާ ޔަހޫދީ ދައުލަތަށް ހަމަލާއެއް ދޭއިރަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން މިހާރު އެ އަރުވާ ވަރު ނާރުވާނެތޯ.

      • ގައިދުރު

        މުސްލިމުން މާގިނަ މުސްލިމުން މަރާ.މީ ހަގީގަތް