00:02

ޕޫޓިންގެ ދޮށީދަރިކަނބަލުން ޔޫރަޕް ފިރިކަލުންނާއި ވަކިވެއްޖެ.

22:31

ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޔޫކްރޭންގެ 64 ތަނަކަށް މިހާތަނަށް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި.

21:53

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލަންދެން އދ.ގެ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނުން ރަޝިއާ އަށް ދެމުން އައި ހުރިހާ ޓެކްނިކަލް އެހީތެރިކަމެއް ހުއްޓާލަން ނިންމިކަން އެޖަމިއްޔާ އިން އިއުލާން ކޮށްފި.

21:27

ފްރާންސުން މިހާތަނަށް ރަޝިއާ ވިޔަފާރިވެރިންގެ 800 މިލިއަން ޑޮލަރުގެ މުދާ ހިފަހައްޓާފައިވާ ކަމަށް ފްރާންސް ސަރުކާރުން ބުނެފި.

21:27

ނެސްލޭ އިން އެކުންފުނީގެ ބައެއް ތަކެތި ރަޝިއާގައި ވިއްކުން ހުއްޓާލާފައި. އޭގެތެރޭގައި ކިޓްކެޓް ހިމެނޭ. ނަމަވެސް އަދިވެސް ނެސްލޭގެ ވިޔަފާރި އެއްކޮށް ރަޝިއާގައި ހުއްޓައެއް ނުލާ.

21:25

އެމެރިކާ އިން ޔޫކްރޭނަށް ދޭން ނިންމި 800 މިލިއަން ޑޮލަރުގެ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް ޔޫކްރޭނަށް ގެންގޮސްފި. އެމެރިކާ އިން ޔޫކްރޭނަށް ދޭތަކެތީގެ ތެރޭގައި އެންޓި އެއާކްރާފްޓް ސިސްޓަމަކާއި 100 އަސްކަރީ ޑްރޯން އާއި އަސްކަރިއްޔާގައި ބޭނުން ކުރާނެ އިތުރު ތަކެތި ވެސް ހިމެނޭ.

21:24

މޮސްކޯގެ ހިއްސާގެ ބާޒާރުގެ ވިޔަފާރި ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން މާދަމާ އަލުން ފަށާނެ. މާދަމާ އަލުން ވިޔަފާރި ފަށާއިރު 33 ކުންފުންޏެއްގެ ހިއްސާގެ ވިޔަފާރިތައް ކުރިއަށް ގެންދާނެ.

21:22

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫރަޕަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި. މިދަތުރުފުޅުގައި ޕޫޓިން ނޭޓޯގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކޮށް ޔޫރަޕްގެ އިރުމަތީގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ. އަދި ނޭޓޯގެ ގައުމުތަކުގައި އެމެރިކާގެ އިތުރު ސިފައިން ދާއިމީކޮށް ގާއިމުވެ ތިބުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނޭ.

މީގެ އިތުރުން މިދަތުރުފުޅުގައި ބައިޑެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ރަޝިއާ އަށް އިތުރަށް އެޅިދާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނާއި ޔޫކްރޭނަށް އިތުރު ހަތިޔާރު ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް.

10:19

ޔޫކްރޭނުން ހަތިޔާރު ހުސްވެދާނެތީ އެހީއަށް އެދިއްޖެ.

09:31

ހުޅަނގުގެ ގިނަ ބޮޑެތި ކުންފުނިތަކުން ރަޝިއާގައި ވިޔަފާރި ކުރުން ހުއްޓާލި ނަމަވެސް އަދިވެސް ރަޝިއާގައި ވިޔަފާރި ކުރަމުންދާ ނެސްލޭ ކުންފުންޏަށް އަމާޒުކޮށް ސައިބާ ހަމަލާއެއްދީ، މައުލޫމާތުތަކެއް ލީކް ކޮށްލައިފި. ނެސްލޭގެ ކަސްޓަމަރުންނާއި ގުޅޭ ގިނަ އަދަދެއްގެ އީމެއިލް އާއި ޕާސްވޯޑްތައް ވަނީ ލީކް ކޮށްލާފައި. މައުލޫމާތުތައް ލީކް ކޮށްލުމުގެ ޒިންމާ އެނޮނިމަސް އިން ވަނީ އުފުލާފައި.

09:00

ރަޝިއާގެ އިދިކޮޅު ލީޑަރު ނުވަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި.

ރަޝިއާއިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމަށް އަނެއްކާވެސް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް ރަޝިއާ އަށް އަޅަން އެމެރިކާ އިން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބުރާސްފަތި ދުވަހު ރަޝިއާ އަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައި، އެކަމުގެ ތަފްސީލްތައް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާމަކުރައްވާނެއެވެ.

މިހާތަނަށް ވެސް ރަޝިއާ އަށް ހުޅަނގުގެ ގައުމުތަކުންނާއި، އަދި އިޤުތިޞާދީ ގޮތުން ވަރުގަދަ އެހެން ގައުމުތަކުން ވެސް ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަދި މިހާތަނަށް ރަޝިއާ އިން އެއްވެސް ކަމެއްގައި ދޫދީފައެއް ނުވެއެވެ.

ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައަށް ބަލާއިރު ރަޝިއާ އިން އިއްޔެ ވަނީ ނިއުކްލިއާ ހަތިޔާރު ވެސް ބޭނުން ކުރަން ޖެހިއްޖެނަމަ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ޔޫކްރޭނުން ބުނާ ގޮތުގައި ޔޫކްރޭން ސިފައިން ދަނީ ހަނގުރާމައިގައި ކުރިއެރުން ހޯދަމުންނެވެ. އެގޮތުން ރަޝިއާ އިން ހިފި ޔޫކްރޭންގެ ބައެއް އަވަށްތައް މިހާރު އަނބުރާ ޔޫކްރޭންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޔޫކްރޭނުން ބުނެއެވެ.

ހަނގުރާމައަށް މާދަމާ އެއްމަސް ދުވަސް ފުރޭއިރު ޔޫކްރޭނަށް ވަނީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުން ފެނާއި ކާބޯތަކެތި ވެސް ހުސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އަދި މިހާތަނަށް މަޝްވަރާތަކުން އެއްބަސްވުމެއް ގާއިމު ކުރެވޭ ހިސާބަކަށް ނުދެވެއެވެ.

ރަޝިއާ ޔޫކްރޭން މަޝްރަހުގެ ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢައްޒާ އޮތީ ރަޝިއާއާއެކު

    ފަލަސްތީނުގެ ރައްޔިތުން ރަޝިއާގެ ދިދަނަގައި ތާއިދުކުރާވީޑިއޯއެއް މަދެކުނިން...ޢައްޒާގެ މުސްލިމުންނަށް ޖަރީމާ ހިންގިއިރު ޔޫކްރެއިން އަކީ އިޒްރޭލް ދިފާޢުގައި ބަސްބުނެ..ޢައްޒާގެ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށްބުނެ އަޑު އުފުލިމީހުން ޒެލެންސްކީ ޔަހޫދީކަލޭގެ ގަޥްމު އޮތީ އެކަމަށް ހިތްވަރުދިނުމުގައި...ޢައްޒާގެ ނިކަމެތި ރައްޔިތުން ބަނޑަށްޖެހި ރުއިމާއި ކެކުޅުމުގެ އަޑު އަހާނެ ބައެއްނެތް...މިހާރު އެބަފެނޭ ޢައްޒާގެ ރައްޔިތުން އަދާކުރިވޭން ކަލޭމެންނަށް...ރަޝިއާ ހަމަ ރަގަނޅައްތިހަދަނީ

    20
    1
    • ގައިދުރު

      ޢައްޒަ ވެސް ރްށިޔާ އެކު.ހޫ ކެއާރސް .އައްޒާ އަކީ ކާކު

  2. Anonymous

    އެމެރިކާއިން ބޭނުންވަނީ ތިންވަނަ ބޮޑު ހަނގުރާމަ ފަށަން.