ގައުމު ދިފާއު ކުރުމަށް ހަތިޔާރު ބޭނުން ކުރަން ޖެހޭ މިންވަރަށް ބަލާއިރު ވަރަށް އަވަހަށް ހަތިޔާރު ނުލިބިއްޖެނަމަ ޔޫކްރޭނުން ހަތިޔާރު ހުސްވެދާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ ޑިމިޓްރޯ ކްލެބާ ވިދާޅުވެއްޖެއެވެ.

"ގާޑިއަން" ނޫހުން ރިޕޯޓް ކުރާ ގޮތުގައި ޔޫކްރޭންގެ ފޮރިން މިނިސްޓަރ ވަނީ ވަރަށް އަވަހަށް އެގައުމުން ހަތިޔާރު ހުސްވެދާނެތީ ވީއެންމެ އަވަހަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފްރާންސާއި ޖަރުމަންގެ ކިބައިން އެދިފައެވެ.

ފޮރިން މިނިސްޓަރ ޑިމިޓްރޯ އެދިވަޑައިގެންނެވީ އެންޓި އެއާކްރާފްޓް މިސައިލާއި އެންޓި ޓޭންކް މިސައިލް ޔޫކްރޭނަށް އަވަހަށް ފޯރުކޮށްދޭން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ހަނގުރާމަ ފެށި ފަހުން ޔޫކްރޭނަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދީފައެވެ. ނަމަވެސް ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިއާ ސިފައިންގެ ހަމަލާތަކުން ދިފާއު ވުމަށާއި، ޔޫކްރޭންގެ ބިންތައް އަލުން އަނބުރާ ހޯދައި ރަޝިއާ ސިފައިން ފައްސާލުމަށް އިތުރު ހަތިޔާރު ބޭނުން ވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދިޔަ ނަމަވެސް ހަތިޔާރު ފޯރުކޮށްދެމުން ގެންދަނީ ލިމިޓް ކޮށްގެންނެވެ. ސަބަބަކީ ހަނގުރާމަ ދިގުދެމިގެން ދާނެ ދުވަހެއް ނޭނގޭތީ އާއި އަދި ހަނގުރާމައިގެ ތެރެއަށް ހުޅަނގުގެ ގައުމުތަކުން ވަންނަން ޖެހުމުގެ ފުރުސަތު ވެސް އޮތުމުންނެވެ. އެފަދަ ހާލަތެއްގައި ހުޅަނގުގެ ގައުމުތަކަށް ވެސް އިތުރު ހަތިޔާރު ބޭނުން ވާނެއެވެ.

ރަޝިއާގެ އަސްކަރިއްޔާ އަކީ ޔޫކްރޭންގެ އަސްކަރިއްޔާ އާއި ބަލާއިރު އެތައް ގޮތަކުން ވަރުގަދަ އަސްކަރިއްޔާއަކަށް ވީނަމަވެސް ޔޫކްރޭން ހިފުން ރަޝިއާ ސިފައިންނަށް ހީކުރިހާ ފަސޭހައެއް ނުވިއެވެ. ރަޝިއާ އިން ހިފި ބައެއް ސަރަހައްދުތައް ވެސް މިހާރު އަލުން އަނބުރާ ޔޫކްރޭންގެ ބާރުގެ ދަށަށް ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކަލޭމެން ކަލޭމެނާ ތެޅި މަރުވޭ

    6
    2
  2. ކަލޯ

    ޔޫކުރޭނުން!!! ހަތިޔާރު!!! ޔާރައްބީ... ތީ އަނެއްކާ ހާދަ އެހެންކަހަލަ ވާހަކައެކެ ތި ދައްކަނީ. އެކަމަކު ހުޅަނގާ އެމެރިކާއިން ދުވާލަކު އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވާކަމަށް ޚަބަރުތަކުގަ އޮވޭ... ކޮންތާކަށްބާ އަނެއްކާ އެ ހުރިހާ ހަތިޔާރެއް މިދަނީ...؟؟؟

    5
    1
  3. ހަގީގަތް ވާނީ ހަގީގަތައް

    ޔޫކްރެއިން އިން ހަނތިޔާރު ހުސްވަނީއެއްނޫން ރަޝިއާ އެގުދަންތަކަށް ވަރުހުރި މިސައިލް ތައް އަޅާ ފަނާކުރަމުންދާތީ ހަނތިޔާރު ނެތެނީ..ރަޝިއާ އަތުގައި ހުރި ހައިޕްރަސޯނިކް މިސައިލް ޓެކްނޮލޮޖީ އެމަރިކާއަށް އުފެއްދިފައިވެސްނެތް.

    11
    1
  4. ޖަވާބުދީ؟؟

    ރަޝިއާގެ އަސްކަރީ ގާބިލުކަމާމެދު ޝައްކުވަންޏާ ސުވާލަކަށް ޖަވާބުދީ؟؟ މިސާލަކަށް އެމެރިކާ އަރާގަތީޔޯ ޔޫކްރެއިން ހިފަން. ރަޝިއާ އަކީ ޔޫކްރެއިންގެ އެލަައިސްއެއްކަމަށްބަލަމާ ރަޝިއާ ފުނިފުންޏައް ޒަމާނީ ހަނތިޔާރު ޔޫކްރެއިންއަށް ދެނީޔޯ އެމަރިކާޖެހޭނީ ކޮންހާލަކު؟ ތިސުޕަވަރ ތިބުނާ ސޮރައް ތިކަންވެވިދާނެބާ؟؟

    8
    3
    • ރެފްރީ

      އޭރުން އެމެރިކާޖެހޭނީވެލިކައިގެން ލޮނުބޯން .. ހެ ހެ ހެ

      3
      1
    • ޢަހުމަދު

      ޢެމެރިކާ އަރާކަށް ނުޖެހޭ.އަފްގާނިސްތާނުގާ ތަޅާ ބަލި ކޮށްލީ ނާރާ.ރަށިޔާ ބަނގުރޫޓު ކޮއްލީ

  5. 3

    3 ބަސްތާ ކާށި ފޮނުވިދާނެ.

  6. ރޮނޑާ

    ބިންމަތީގަ ފަސާދަ އުފައްދާ ކުށެއް ނެތް އިންސާނުން ގަތުލުކޮށް މަކަރާއި ޙީލަތުން ގައުމު ތަކުގެ މުދާ ފޭރި އުޅެމުން ދަނިކޮށް މިބައިމީހުންގެ ރޭވުންތައް ނިމުމަކަށް އަންނަން ސަބަބެއް މެދުވެރި ވާނެ . ހީވަނީ މިފަހަރު ރަސިޔާ އަތުން ޔަހޫދީ ބައިގަޑި ބޮޑު ބަލިތއަކުން ބަލިވާނެހެން.