132 މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު ޗައިނާ އީސްޓަން އެއާލައިންގެ މަތިންދާބޯޓުގެ އެއް ކަޅުފޮށި ފެނިފައިވާ ކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ކުންމިން އިން ގުއަންޒޫއަށް ދަތުރުކުރަމުންދިޔަ އެ ބޯޓު ވެއްޓިފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ޗައިނާގެ އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ލިއު ލުސޮންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާ އީސްޓަން އެމްޔޫ5735 ފްލައިޓްގެ އެއް ރެކޯޑަރު ފެނިފައި ވަނީ މިއަދު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާއިރު، މި ފޮށި ފެނުމުން އެކަންކަން ދެނެގަނެވޭނެ އެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ އިތުރު މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ

ދައުލަތުގެ މީޑިއާއިން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފްލައިޓް ވެއްޓުމާ ގުޅިގެން ފަރުބަދަތަކުގެ މަތިން ވަރަށް ބޮޑަށް އުން އަރައިގެން ގޮސްފައި ވެއެވެ. އަދި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ މީހުންނަށް މަތިންދާބޯޓުގެ ބައިތަކާއި، އެ ބޯޓުން ދަތުރު ކުރި މީހުންގެ އަމިއްލަ ސާމާނުތަކުގެ ތެރޭގައި ވޮލެޓާއި، އައިޑީ ކާޑާއި، ފޯނުވެސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ އީސްޓަން އަކީ ޗައިނާގެ އެންމެ ބޮޑު ތިން ވައިގެ އުދުހުންތަކުގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚ

    ކޯޗެއް އެއީ ކަޅުފޮށި

  2. Anonymous

    ޥޮއިސް ރިކޯޑަރ