ޕާކިސްތާނުގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

އެ ބޯޓު ވެއްޓިފައި ވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕެޝާވަރު ކައިރީގައި އޮންނަ ސަރަހައްދަކަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ބޯޓު ވެއްޓިފައި ވަނީ ރޫޓީން ޓްރެއިނިންގ މިޝަނެއްގެ ތެރެއިންނެވެ.

މި ހާދިސާގައި ޕައިލެޓާއި ކޯޕައިލެޓް މަރުވެފައިވާ ކަމަށް އެއާ ފޯސް އިން މިއަދު ބުނެފައި ވެއެވެ.

ޕާކިސްތާންގެ ވައިގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ބޯޓު ވެއްޓުނު ސަރަހައްދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގުމަށް އަންގާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    އަލްހަމްދުލިއްލާހި.ނުބައި މީހުން ނަށް ހުރި ގޮތް.ތީ ޓެރަރިސްޓް ދައުލަތެއް

    1
    2